twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނެޓްބޯލް އެސޯސިއޭޝަނުން ބާއްވާ ފުރަތަމަ އިންޓަރ ސްކޫލް ޒޯން މުބާރާތް ކުޅުދުއްފުށިގައި

ނަބީލާ އިސްމާޢީލް
Oct 18, 2022

ނެޓްބޯލް އެސޯސިއޭޝަނުން ތިލަދުންމަތީ ސްކޫލުތަކުގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ނެޓްބޯޅަ މުބާރާތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 7 ސްކޫލަކުންކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އަންނަ ނޮވެމްބަރުމަހު 07 ން 14 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ 4 އުމުރުފުރާއަކަށް ބާއްވަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. ނަމަވެސް މިމުބާރާތުގެ އުމުރުފުރާތައް ކުރިއަށްދާނީ އެ އުމުރުފުރާއަކުން މަދުވެގެން 3 ޓީމް ބައިވެރިވާނަމަކަމަށްވެސް ނެޓްބޯލް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ނެޓްބޯޅައިގެ މަގުބޫލުކަން ދަރިވަރުންގެ މެދުގައި އިތުރުކުރުމާއި އަތޮޅުތަކުގެ ސްކޫލުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ނެޓްބޯޅައިގެ ވާދަވެރިކަމާއި ރޫހު ދެމެހެއްޓުމާއެކު ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވާދަކުރާނެ ކުޅުންތެރިން އިތުރުކުރުންމުގެ މަގުސަދުގައި މި މުބާރާތް ތިލަދުންމަތީގެ ސްކޫލްތަކަށް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް މުބާރާތުގައި ބައިވެރިވެފައިވަނީ 7 ސްކޫލަކުންނެވެ. އެއީ ކުޅުދުއްފުށީގެ 3 ސްކޫލްގެ އިތުރުން ހދ ކުމުންދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލް، ނެއްލައިދޫ ސްކޫލް އަދި ށ ފުނަދޫ ސްކޫލެވެ.

އުމުރު ފުރާތަކަށް ކުޅޭ މި މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރާއިން 6 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވެފައިވަނީ 6 ސްކޫލަކުނެވެ. އަދި 17 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވެފައިވަނީ 5 ސްކޫލަކުންނެވެ. ނަމަވެސް 19 އަހަރުން ދަށުގެ އުމުރުފުރާއިން 1 ސްކޫލުން ބައިވެރިވެފައިވާތީ އެ އުމުރުފުރާގެ ކުޅުން ނޯނާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ:

  • ޗެމްޕިއަން ޓީމް
  • ރަނަރސްއަޕް ޓީމު
  • ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ
  • މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން
  • ކްއީން އޮފް ދަ ސިރީޒް
  • އެންމެ މޮޅު ކޯޗު

އިންޓަނޭޝަނަލް ނެޓްބޯލް ފެޑެރޭޝަންގެ ގަވާއިދާ އެއްގޮތަ ކުޅޭ މިމުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ 10 މިނެޓްގެ 4 ކުއާޓާ އެވެ. އަދި 15 ،17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ 15 މިނެޓްގެ 4 ކުއާޓާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355