twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނެޓްބޯޅަ މުބާރާތުން އަފީފުއްދީން ހޯދި ކާމިޔާބީ ފާހަގަކުރަން ސައިކަލު ބުރެއް

މުޙައްމަދު އަހުމަދު
Nov 16, 2022
1

ފުރަތަމަ އިންޓަރ ސްކޫލް ޒޯން ނެޓްބޯޅަ މުބާރާތުގައި އަފީފުއްދީން ސްކޫލުން ހޯދި ފަހުރުވެރި ކާމިޔާބީ ފާހަގަކުރުމަށް ސައިކަލު ބުރެއް ބާއްވާނެކަމަށް އަފީފުއްދީން ސްކޫލުން ބުނެފި އެވެ.

މިއަދު އެސްކޫލުން ނެރުނު އިއުލާނެއްގައިވަނީ މިމަހު 18 ވާ ހުކުރު ދުވަހުގެ ހަވީރު 4:45 ން 5:45 އަށް ރަށުގެ ބައެއް މަގުތަކުގައި ސައިކަލު ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަފީފުއްދީން ސްކޫލުން ވަނީ އެސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި އެހެނިހެން ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އެދިފަ އެވެ.

މިހަރަކާތުގައި ބެލެނިވެރިންނާއެކު ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މިހަރަކާތުގައި ބައިވެރިވާ ދަރިވަރުން ހާޒިރުވާނީ ސެކަންޑް ޔުނިފޯމްގައި ކަމަށް ސްކޫލުން ނެރުނު އިއުލާނުގައިވެ އެވެ. މިސައިކަލް ބުރު ފެށުމަށް އަދި ނިންމުމަށް ހަމަޖެހިފައިވަނީ އަފީފުއްދީން ސްކޫލް ކުރިމަތިން އަމީނީ މަގަށެވެ.

އަފީފުއްދީން ސްކޫލުން ވަނީ ދާދިފަހުން ނެޓްބޯޅަ އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ އިންޓަރ ސްކޫލް ޒޯން ނެޓްބޯޅަ މުބާރާތުގެ ހުރިހާ އުމުރުފުރާއަކުން އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދާ މުޅި މުބާރާތް ޑޮމިނޭޓްކޮށްފަ އެވެ.

ޖަލާލުއްދީން ސްކޫލް އަތުން އަފީފުއްދީން ސްކޫލް މޮޅުވެ 13 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ތަށި ހިއްލާލިއިރު 15 އަހަރުން ދަށުގެ ފައިނަލުގައި އަފީފުއްދީން ވަނީ ކުމުންދޫ ސްކޫލުގެ މައްޗަށް ކުރިހޯދާފަ އެވެ. ހުރިހާ އުމުރުފުރާއެއްގެ ކުއީން އޮފް ދަ ސީރީސްގެ މަގާމު ވެސް ހޯދީ އަފީފުއްދީން ސްކޫލުގެ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355