twitterviber whatsapp telegramfacebookyoutube instagram
1st September 2026

މިދިޔަ އަހަރު އަފީފުއްދީން ސްކޫލް ދަރިވަރުން ވާދަކުރި މުބާރާތްތަކުން 89 ރަން މެޑަލް

އަބްދުލް ވާހިދު ޙަސަން
Aug 31, 2026
ކުޅުދުއްފުށި ސިޓީ

އަފީފުއްދީން ސްކޫލްގެ ދަރިވަރުން މިދިޔަ އަހަރު ބައިވެރިވި އެކި މުބާރާތްތަކުން ސްކޫލަށް 89 ރަން މެޑަލް ހޯދައިދީފި އެވެ.

އެ ސްކޫލުގެ ދަރިވަރުން މިދިޔަ އަހަރު ޖުމްލަ 11 މުބާރާތެއްގައި ވާދަކޮށް ސްކޫލަށް ރީތި ނަމާއި ޝަރަފު ހޯދައިދީފައިވެ އެވެ.

އެހެންވުމުން އެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަން 'ފޭމް ނައިޓް' ބާއްވައި ދަރިވަރުން ކުރި މަސައްކަތުގެ އަގުވަޒަންކޮށް، ހިތްވަރުދީފައިވެ އެވެ. އޯގަސްޓްމަހުގައި 27 ވަނަ ދުވަހު ސްކޫލް ހޯލުގައި ބޭއްވި 'ފޭމް ނައިޓް' ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އެވެ.

މިދިޔަ އަހަރު އެ ސްކޫލްގެ ދަރިވަރުން 10 މުބާރާތެއްގައި ވާދަކޮށް 89 ރަން މެޑަލް ހޯދިއިރު 103 ރިހި މެޑަލް ހޯދާފައިވެ އެވެ. އަދި 36 ލޯ މެޑަލްވެސް ހޯދި އެވެ.

މިދިޔަ އަހަރު އެ ސްކޫލް ދަރިވަރުން ވާދަކުރި މުބާރާތްތަކަށް ބަލާއިރު، ތިލަދުންމަތީ ސްކޫލްތަކުގެ ފެތުމުގެ މުބާރާތާއި ސިޓީ ޤުރުއާން މުބާރާތާއި ތިލަދެކުނު ޤުރުއާން މުބާރާތާއި ހިއުމެނިޓޭރިއަން އާރޓް ކޮމްޕެޓިޝަން އާއި،ކުޑަގިރީގައި ބޭއްވި ނެޝަނަލް ޕެޓްރޯލް ކޭމްޕާއި ގާރލް ގައިޑް ޕެޓްރޯލް ލީޑާރސް ކޭމްޕާއި ނެޝަނަލް ކެޑޭޓް ކޭމްޕާއި އިންޓަރ ސްކޫލް އެތްލެޓިކްސް މީޓާއި ޅ ޓާރޓަލް ފެސްޓިވަލް، އަދި ލިޓިލް މެއިޑް ސިސްޒާސް ކޭމްޕް ހިމެނެ އެވެ.

ފޭމް ނައިޓްގައި ޝަރަފުވެރި މެހެމާނުގެ އިތުރު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްރަފް އަބުދުﷲ އަދި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި ދަރިވަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355