twitterviber whatsapp telegramfacebookyoutube instagram
30th April 2024

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް 5 ލައްކަ ރުފިޔާގެ ބަޖެޓެއް

ނަބީލާ އިސްމާޢީލް
Oct 30, 2022
2

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ނަމުގައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތަށް 5 ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ސިޓީ ކައުންސިލްގެ ވޯކް ޕްލޭންގައި ހިމެނިފައިވާ މި މުބާރާތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް ބިޑް އުސޫލުން ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް މި މަހު 5 ވަނަ ދުވަހު އޮތް އެ ކައުންސިލުގެ އާންމު ވަނީ ފާސްކޮށްފަ އެވެ.

މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބަޖެޓް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އޮތް އެ ކައުންސިލުގެ 74 ވަނަ އާންމު ބައްދަލުވުގަ އެވެ.

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ނަމުގައި، މިއަހަރު ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ކުރިއަށްގެންދާ މި ފުޓްބޯޅަ މުބާރާތަކީ 11 ސައިޑްގެ މުބާރާތެކެވެ. މިއީ މިގޮތަށް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

ބައްދަލުވުމުގެ ބަހުސްއަށް ހުޅުވާލުމަށް ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވި މިއަދާ ހިސާބަށް ވޯކް ޕްލޭންގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް މުޅި އިވެންޓަށް ބަޖެޓްކޮށްފައިވަނީ 1 ލައްކަ ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި މިހާރު މަސައްކަތްތައް ދާ ގޮތަށް ބަލާއިރުގައި މި މަސައްކަތަކީ ނުވަތަ މި އިވެންޓަކީ މިވަރުން ބަޖެޓަކުން ކުރިއަށް ގެންދެވޭނެ ވަރުގެ ހަރަކާތެއް ނޫން. ހަމަ އެއާއެކު ޗެމްޕިއަންޝިޕްގެ މަގާމުތަކަށް ނުވަތަ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އިނާމުތަކެއް ދިނުމަށް ނިންމާތީއާއެކު އެ އިނާމުތަކުގެ އަދަދުވެސް ކަނޑައެޅުމަށް މި ބައްދަލުވުމުގައި ކަނޑައެޅޭނެ." މޭޔަރު ވިދާޅުވި އެވެ.

މި އެޖެންޑާގެ ބަހުސްއަށް ހުޅުވާލި ފުރުސަތުގައި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ ކުޅުދުއްފުށީގައި ބޮޑު ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންނާއި ކުރިއަރަމުން އަންނަ ފަރާތްތަކުގެ ޓެލެންޓް ޑިސްޕްލޭ ކުރުމަށް ހުޅުވާލެވޭ ވަރަށް މުހިންމު ފުރުސަތެއްކަމަށާއި ކުޅިވަރުތައް ކުރިއެރުވުމަށް މިފަދަ މުބާރާތްތަކަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

އަދި ޒުވާނުން އެކިކަންކަމުގައި މަސްއޫލުވުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖޭހޭ ކަމަށެވެ. އެ ފުރުސަތު ތަނަވަސްކޮށްދެވުމުން ޒުވާނުން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ޑެޕިއުޓީ މޭޔަރު ފާހަގަ ކުރެއްވި އެވެ.

މި އެޖެންޑާއަށް އަލީ އަހުމަދު ހުށަހެޅުއްވީ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ރަނަރަޕް ޓީމަށް 10،000 ރުފިޔާ، ބެސްޓް ޕްލޭއާރ 2500 ރުފިޔާ، އަދި ބެސްޓް ގޯލް ކީޕާ، ބެސްޓް ޑިފެންޑަރ، ބެސްޓް މިޑްފީލްޑް ޕްލޭއަރ، ބެސްޓް ސްޓްރައިކަރ، ބެސްޓް ޕްލޭއަރ އަންޑަރ 21، މިއިން ކޮންމެ މަގާމަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށެވެ.

"އެހެން ކަމުން އައުޓްސޯސްކޮށްގެން މުބާރާތް ހިންގުމުގެ ކަންކަން ކުރިއަށްގެންދިއުމަށާއި ފައިސާގެ އިނާމުތަކަށާއި މި ހުރިހާކަމެއް އެއްކޮށް 4 ލައްކަ ރުފިޔާގެ ބަޖެޓެއް އިތުރަށް ބޭނުންވާނެ ކަމަށް އަޅުގަނޑަށް ފެނޭ. އެހެންވީމަ އެ ބަޖެޓް ޔޮޓް ރެލީގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަގާފަތް ދައްކާލުމަށް ފެސްޓިވަލެއް ބޭއްވުމަށް އަޅުގަނޑުމެން ކުރި ބަޖެޓުގެ ތެރެއިން ނެގުމަށް އަޅުގަނޑު ހުށަހަޅަން." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355