twitterviber whatsapp telegramfacebookyoutube instagram
1st March 2026

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ ކުޅުދުއްފުށީގައި މިރޭ އިހްތިޖާޖުކުރަނީ

އަބްދުލް ވާހިދު ޙަސަން
Dec 26, 2022
1

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން މިރޭ ކުޅުދުއްފުށީގައި އިހްތިޖާޖުކުރުމަށް ނިންމައިފި އެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެ އެވެ. ހުކުމަކީ ސަރުކާރުން ނުފޫޒު ފޯރުކޮށްގެން އިއްވި ހުކުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރޭ ވަނީ މާލޭގައި މުޒާހަރާވެސް ކޮށްފަ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަހުމަދު (ޖިހާދޭ) ވިދާޅުވީ، އިހްތިޖާޖު އޮންނަނީ މިރޭ 8:30 ގައި ޕީޕީއެމްގެ އޮޅުއަށި ކައިރީގައި ކަމަށެވެ. މިއީ ސުލްހަވެރި އެއްވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްވުމުގައި ރައީސް ޔާމީނަށް ތާއިދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އޭނާ އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355