twitterviber whatsapp telegramfacebookyoutube instagram
16th June 2026

ސިޔާސީ މަގާމުތަކާއެކީ ރަށަށް ކުރިއެރުން ފެނިގެންދާނެކަމީ ޔަގީންކަމެއް: ޖިހާދޭ

އަބްދުލް ވާހިދު ޙަސަން
Oct 27, 2025
4

ކުޅުދުއްފުއްޓަށް ލިބިގެންދާ ސިޔާސީ މަގާމުތަކާއެކީގައި އެރަށަށް ކުރިއެރުން ފެނިގެންދާނެކަމީ ޔަގީންކަމެއްކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބުލިކް ވާރކްސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދު (ޖިހާދޭ) ވިދާޅުވެއްޖެ އެވެ.

އަހުމަދު މިހެން ވިދާޅުވީ، މިއަދު ކުޅުދުއްފުށީގެ ސިޔާސީ މަގާމުތަކަށް އަންޔަނުކުރެއްވި ފަސް ބޭފުޅުންނަށް މަރުހަބާ ދަންނަވާ، ފޭސްބުކްގައި ލިޔުއްވި ޕޯސްޓްގަ އެވެ.

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމަށް މިއަދު ކުޅުދުއްފުށިން އަންޔަނުކުރެއްވި ބޭފުޅުންނަކީ، އިސްމާއިލް އަހުސަން، އަބުދުﷲ މުހައްމަދު، މުހައްމަދު ނާޖިހް އިސްމާއިލް، އަހުމަދު މުހައްމަދު، އަދި އައިޝަތު އިބުރާހިމެވެ.

މި ފަސް ބޭފުޅުންނަށް މަރުހަބާ ދަންނަވާ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ވިދާޅުވީ، ޒުވާނުންނަށް މި ލިބޭ ފަހި ފުރުސަތުތަކުގައި އެންމެންގެ ރުހުމާ ލޯބި ބޭނުންވާނެ ކަމަށާއި ކޮންމެ މީހަކީ މުހިންމު މީހެއް ކަމަށެވެ.

"މިއަދު ސިޔާސީ މަގާމްތަކަށް އައްޔަން ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވަން. ޒުވާނުންނަށް މިލިބޭ ފަހި ފުުރުސަތުތަކުގައި އެންމެންގެ ރުހުމާ ލޯބި ބޭނުންވާނެ! ކޮންމެ މީހަކީ މުހިންމު މީހެއް! މިސިޓީއަށް މި ލިބިގެންދާ ސިޔާސީ މަޤާމްތަކާއެކީގައި މިސިޓީއަށް ކުރިއެރުން ފެނިގެންދާނެކަމީ ޔަޤީންކަމެއް!" އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355