twitterviber whatsapp telegramfacebookyoutube instagram
2nd November 2025

ކައުންސިލަށް ކުރިމަތިލީ މިހާރަށްވުރެ ރަނގަޅު ނަތީޖާ ނެރެދިނުމަށް: އިބުރާހިމް

އަބްދުލް ވާހިދު ޙަސަން
Jun 29, 2024
2

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައި – އިލެކްޝަނަށް މި ނުކުތީ ކުޅުދުއްފުއްޓަށް މިއަދަށް ވުރެ މާ ރަނގަޅު، މާ ފާގަތި ދުވަސްތަކެއް މި ދެ އަހަރުތެރޭގައިވެސް ނެރެ، ރަނގަޅު ނަތީޖާއެއް ނެރެދިނުމަށްކަމުގައި ޕީއެންސީގެ ކެންޑިޑޭޓް އިބުރާހިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިބުރާހިމް އަހުމަދުގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތުން މި އިންތިހާބު ކާމިޔާބުކުރެވޭ ވަރުގެ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށެވެ.

"އަޅުގަނޑު މިދަނީ މުހައްމަދު ދާއޫދު ނަގަމުން އައި ޒިންމާ އަދި އިރާދަކުރެއްވިޔާ އަޅުގަނޑުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކު އެއަށްވުރެ ފުރިހަމައަށް ނަގާ މި ކުޅުދުއްފުއްޓަށް މިއަދަށްވުރެ މާ ރަނގަޅު މާ ފާހަގަތި ދުވަސްތަކެއް މި ދެ އަހަރުތެރޭގައިވެސް ރަނގަޅު ނަތީޖާއެއް ނެރެދޭން." ގިނަ އަހަރުތަކެއް ވަންދެން މީޑިއާގެ ދާއިރާގައި މަސައްކަތްކުރެއްވި އިބުރާހިމް ވިދާޅުވި އެވެ.

މިއީ ސިޔާސީ ޒިންމާއެއް ނަގަން އެންމެ ރަނގަޅު ފުރުސަތު ކަމަށާއި މި ގޮނޑި ކާމިޔާބުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރާއި މެންބަރުންނާ ގުޅިގެން މަސައްކަތް ކުރުމަށްކަމަށެވެ.

މި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އާއި ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުންގެ އިތުރުންގެ ބައެއް އެހެން ދާއިރާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355