twitterviber whatsapp telegramfacebookyoutube instagram
25th August 2026

ނެދަލޭންޑްސްގެ ތަރި ގަކްޕޯ ލިވަޕޫލަށް

މުޙައްމަދު އަހުމަދު
Dec 27, 2022

ގަތަރު ވޯލްޑްކަޕް 2022 ގައި ވިދާލި ނެދަލޭންޑްސްގެ ޒުވާން ތަރި ކޯޑީ ގަކްޕޯ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރު ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަަތުވެއްޖެ އެވެ.

23 އަހަރުގެ ފޯވާޑް ވިއްކާލުމަށް އޭނާ މިހާރު ކުޅެމުން އަންނަ ކުލަބް ޕީއެސްވީ އައިންދޯވަންއިން ވަނީ އެއްބަސްވެފަ އެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ސީދާ އަގު ހާމަކޮށްފައިނުވި ނަމަވެސް ލިވަޕޫލުން އޭނާ ގަންނަން ކުރާ ހޭދަ 50 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ޕީއެސްވީގެ ކޯޗު ވެން ނިސްޓަލްރޫއީ ހާމަކުރި ގޮތުގައި ގަކްޕޯއަށް އަންނަނީ ގިނަ ކުލަބުތަކަކުން ހުށައެޅުންތައް ލިބެމުންނެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ގަކްޕޯއަށް ވަނީ މޮޅު ކުޅުމެއް ދައްކާ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 3 ގޯލު ޖަހައިދީފަ އެވެ.

މިސީޒަނުގައި ކުލަބް އަދި ގައުމީ ޓީމަށް ކުޅެދިން 34 މެޗުން 18 ލަނޑު ޖަހާފައިވާ ފޯވާޑް ގަކްޕޯ ވެގެންދާނީ ލިވަޕޫލަށް މުހިންމު ކުޅުންތެރިއަކަށެވެ. އެއީ ލިވަޕޫލުގެ ފޯވާޑް ލުއިސް ޑިއާޒްގެ އިތުރުން ޑިއޮގޯ ޖޮޓާ ވެސް ހުރީ އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގަ އެވެ. އަދި ރޮބާޓޯ ފިރްމީނޯ ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355