twitterviber whatsapp telegramfacebookyoutube instagram
25th October 2026

22 ވަނަ ގްރޭންޑް ސްލޭމްއާއެކު ނަޑާލްގެ ރެކޯޑާ ޖޮކޮވިޗް ހަމަކޮށްފި

މުޙައްމަދު އަހުމަދު
Jan 29, 2023

އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދާ ސާބިއާގެ ޓެނިސް ތަރި ނޯވަކް ޖޮކޮވިޗް 22 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑާ އަރާ ހަމަކޮށްފި އެވެ.

މެލަބަން، އޮސްޓްރޭލިއާގައި ކުރިއަށް ދިޔަ އޮސްޓްރޭލިއަން އޯޕަންގެ ތަށި 10 ވަނަ ފަހަރަށް ޖޮކޮވިޗް އުފުލާލީ މިއަދު ކުޅެވުނު ފައިނަލް މެޗުގައި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށެވެ.

ފައިނަލް މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6 - 3، 7 - 6 އަދި 7 - 6 ންނެވެ. އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަކުން މިހާތަނަށް ޖޮކޮވިޗް ބަލިވެފައިނުވާއިރު އޭނާ ވަނީ އޭނާ ފައިނަލުގައި ވާދަކުރި 10 ފަހަރުވެސް ތަށި ހިއްލާލާފަ އެވެ.

މިހާތަނަށް ގްރޭންޑް ސްލޭމް ފައިނަލަކުން ސިޓްސިޕާސް މޮޅުވެފައިނުވާއިރު އޭނާ ވާދަކުރި ދެފައިނަލުން ވެސް ބަލިވީ ޖޮކޮވިޗް އަތުންނެވެ. އެއީ 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަން އަދި މިއަހަރުގެ އޮސްޓްރޭލިއަން އޯޕަނުންނެވެ.

މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ބެލަރޫސްގެ ޓެނިސް ތަރި އަރީނާ ސަބަލެންކާ އެވެ. އަރީނާ މިތަށި ހިއްލާލީ އިއްޔެ ކުޅެވުނު ފައިނަލުން ކަޒަކިސްތާނުގެ އެލީނާ ރައިބަކީނާ ބަލިކޮށެވެ. މިމެޗުގެ ފުރަތަމަ ސެޓު 6 - 4 ން ރައިބަކީނާ ގެންދިޔަ ނަމަވެސް 6 - 3 އަދި 6 - 4 ން ފަހު ދެސެޓު ކާމިޔާބުކުރީ އަރީނާ ސަބަލެންކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293