twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސިޓީއަށް އެއްވަނައިގައި ލީޑެއް، ލިވަޕޫލް ގަދަ ހަތަރަކާ ގާތަށް

މުޙައްމަދު އަހުމަދު
May 7, 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނެގިއިރު ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި އެވެ.

ލީގު ތާވަލަށް ބަލާއިރު މިވަގުތު އެއްވަނައިގައި 34 މެޗުން 82 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 34 މެޗުން 78 ޕޮއިންޓާއެކު އޮތީ އާސެނަލެވެ. ތިންވަނައިގައި އޮތް ނިއުކާސަލްއަށް 33 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

ލިވަޕޫލް އޮތީ 35 މެޗުން ހޯދި 62 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގަ އެވެ. ލީގުގައި މިރޭ އާސެނަލުން ނިއުކާސަލްއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑުން ވެސްޓްހޭމްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ރޭގެ މެޗުގައި ސިޓީން ލީޑްސް ޔުނައިޓެޑުގެ މައްޗަށް ކުރިހޯދީ 2 - 1 ންނެވެ. ސިޓީގެ ދެލަނޑު ވެސް އިލްކޭ ގުންޑޮގާން ޖަހައިދިން އިރު ރޭގެ މެޗުގައި ލީޑްސް ޔުނައިޓެޑުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ރޮޑްރީގޯ މޮރޭނޯ އެވެ.

ބްރެންޓްފޯޑުގެ މައްޗަށް ލިވަޕޫލުން ކުރިހޯދީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. އެޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ވެންޑައިކް ތަނަވަސްކޮށްދިން ފުރުސަތަކުން މުހައްމަދު ސަލާހު އެވެ. މިއާއެކު ހުރިހާ މުބާރާތަކުން ސަލާހު ވަނީ މިސީޒަނުގައި ލިވަޕޫލަށް 30 ލަނޑު ޖަހައިދީފަ އެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާލާއިރު ޗެލްސީން ހަމެޗަށް ފަހު ރޭ ބޯންމައުތު 3 - 1 ން ބަލިކޮށް ފުރަތަމަ މޮޅު ހޯދިއިރު ޓޮޓެންހަމުން ވަނީ ހެރީ ކޭންގެ ލަނޑުން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355