twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޓެކާސް ރިސޯޓް ކަޕުގެ ދާލު އަތޮޅުގެ ޗެމްޕިއަންކަން ސެއިންޓް ރީޖަސް މޯލްޑިވްސްއަށް

މުޙައްމަދު އަހުމަދު
May 21, 2023

ޓެކާސް ރިސޯޓް ކަޕް 2023 ގެ ދާލު އަތޮޅުގެ ފައިނަލުގައި ކަޑިންމަ މޯލްޑިވްސް ބަލިކޮށް ދާލު އަތޮޅުގެ ޗެމްޕިއަންކަން ދި ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލިއިން ހޯދައިފި އެވެ.

އިއްޔެ ކުޅެވުނު ފޯރިގަދަ ފައިނަލު މެޗު ވޮއްމުލިން ކާމިޔާބުކުރީ ފަހަތުން އަރާ 2 - 1 ން ކަޑިންމަ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކަޑިންމައިން 1 ލަނޑުގެ ލީޑެއް ނެގި އެވެ. ނަމަވެސް ފޯރިއާއެކު ތިބި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރާއެކު ވޮއްމުލިން ވަނީ ދެވަނަ ހާފު ދެލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފަަ އެވެ.

ތާރީހީ މޮޅަކާއެކު ފަހަތުން އަރާ ވޮއްމުލިން ކަޑިންމަ ބަލިކުރިއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވޮއްމުލީގެ އައްސަދު މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ވޮއްމުލީގެ އިބްރާހިމް ނަސަތުއާއި އަހްމަދު ޖުނައިދުގެގެ އިތުރުން ކަޑިންމަ މޯލްޑިވްސްގެ އަލީ ޝާމިއުއާއި އަބްދުލް މުގުސިތުގެ އިތުރުން މުހައްމަދު އަޔާޒް އެވެ.

ޖުމްލަ 6 ގޯލާއެކު ދާލު އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވޮއްމުލީގެ އިބްރާހިމް ނަސަތު އެވެ. އަދި ދާލު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވޮއްމުލީގެ ކުޅަދާނަ އަދި ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އަލީ އެވެ. މުހައްމަދު އަލީގެ ފަރާތުން މިމުބާރާތުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

ދާލު އަތޮޅުގެ ފައިނަލް މެޗު ބަލާލުމަށް ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުއްޔާއި ކަޑިންމަ މޯލްޑިވްސް ސީނިއާ މެމްބަރުން ވަނީ ވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355