twitterviber whatsapp telegramfacebookyoutube instagram
24th April 2024

މޯލްޑިވިއަންއިން ޓެކާސްއާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި، 2023 ގައި ވެސް ޓެކާސްގެ ފޯރިގަދަ އެތައް އިވެންޓެއް

މުޙައްމަދު އަހުމަދު
Feb 12, 2023

މޯލްޑިވިއަންއިން ޓެކާސް 2023 ގެ ޕާޓްނަރެއްގެ ގޮތުގައި ޓެކާސްއާއެކު ޕާޓްނާޝިޕް ޑީލެއްގައި ސޮއިކޮށްފި އެވެ. މިއާއެކު ޓެކާސްއިން 2023 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓްތަކުގެ ދަތުރުތަކުގެ ހަރަދުތައް މޯލްޑިވިއަނުން ދޭއިރު އިތުރު އެހީތައް ވެސް ލިބޭނެ އެވެ.

މި ހިނގާ 2023 ވަނަ އަހަރު ޓެކާސްއިން ރާވާފައިވާ އިވެންޓްތަކަކީ ޓެކާސް ރަށު ރަން އެންޑް ފެސްޓް، ރިސޯޓް ކަޕް، ކޯޕަރޭޓް ރަން އަދި ޓްރެވަލް ރަންއާއި ރާއްޖެ ކަޕެވެ.

ރަށު ރަން އަކީ ރާއްޖެތެރޭގެ ރަށްތަކަށް ބޭއްވޭ ހަކަތައާއި ފޯރިއާއި އުފަލުން ފުރިފައިވާ އެކަކު އަނެކަކަށް އޮތް ލޯތްބާއި އުފާވެރިކަން އެންމެ ފުރިހަމައަށް ދައްކާލަދޭނެ ދުވުމެކެވެ. ރަށު ރަންއިން ހުރިހާ ރަށަކަށް ފުރުސަތު ހުޅުވާލަނީ އެރަށެއްގެ ހާއްސަ ސިފަ ދުވާ އިވެންޓަކުން މުޅި ރާއްޖެއަށް ދައްކާލުމަށެވެ.

186 މީހުން ދިރިއުޅޭ ރަށާއެކު ރާއްޖެ 20 އަތޮޅަކަށް ބަހާލެވިފައިވާއިރު ޓެކާސްގެ އަމާޒަކީ 1000 ވުރެ ގިނަ ދުވުންތެރިން ރަށު ރަންގައި ބައިވެރިވުމެވެ. މޮޅުވާ ދުވުންތެރިންނަށް ފައިސާގެ އިނާމާއި މެޑަލް އަދި ހަނދާނީ ފިލާ ދެވޭނެ އެވެ.

ރަށު ފެސްޓަކީ ޕްރޮމޯޝަން ފެސްޓިވަލެކެވެ. މާކެޓިންގެ ޒަރީއާއިން އަތޮޅާއި ރަށް ދައްކާލާއި އެކި ކަންކަން ޕްރޮމޯޓްކުރަން ލިބޭ ފުރުސަތެކެވެ. ކޮންމެ ރަށަކަށް ވެސް އެރަށެއް ހުށައަޅާދިނުމަށް ޖާގަ އެއް ދެވޭނެ އެވެ. މިކަމަށް ޝައުގުހުރި އަތޮޅުތަކަށް ވެސް އަދި ރަށްތަކަށް ވެސް މިފުރުސަތު ލިބިގެންދާނެ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ރިސޯޓް ތަކުން ރިސޯޓް ކަޕުގައި ޓެކާސް މޯލްޑިވްސް ރިސޯޓް ކަޕު ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. އެންމެފަހުގެ ޗެމްޕިއަނުންނަކީ އޮޒެން ލައިފް މާދޫ އެވެ.

ޓެކާސް ކޯޕަރޭޓް ރަންއާއި މޯލްޑިވްސް ޓްރެވަލް ރަންގެ މެދުގައި މާބޮޑު ތަފާތެއް ނެތެވެ. ކޯޕަރޭޓް ދުނިޔޭގައި ވެސް ޖޯޝާއި ފޯރި ހުރި ކުޅިވަރަށް ލޯބިކުރާ ފަރާތްތައް އުޅެ އެވެ. ހާއްސަކޮށް ދިރިއުޅުމުގައި ބޭނުންވާ ކަހަލަ ކުޅިވަރުތައް މިސާލަކަށް ދުވުންފަދަ ކަންކަމުގައި އެވެ.

ޓެކާސްއިން މިއަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް ބޭއްވޭ ފުރަތަމަ ސްޕޯޓްސް ރަން ބާއްވާނެ އެވެ. ލަފާކުރެވޭ ގޮތުގައި ޓެކާސް ޓްރެވަލް ރަންގައި ރާއްޖޭގެ އެކި އެކި ހޮޓެލް ބްރޭންޑްތަކުން 1000 އަށްވުރެ ގިނަ އެތްލީޓުން މިއިވެންޓްގައި ވާދަކުރާނެ އެވެ،

އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މޯލްޑިވްސް ކަޕް "ރާއްޖެ ކަޕް" ގެ ނަމުގައި ޓެކާސްއިން ބާއްވާނެ އެވެ. ހުރިހާ އަތޮޅަކަށް ހުޅުވާލައިގެންނެވެ.

މޯލްޑިވިއަންއާއެކު ޓެކާސް އިން މި ސޮއިކުރި ޕާޓްނާޝިޕާ ބެހޭ ގޮތުން ޓެކާސްގެ ކޯ ފައުންޑަރު ޑޮކްޓަރ ހުސެއިން ސަނީ އުމަރު ވިދާޅުވީ މޯލްޑިވިއަންއިން ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތަކަށް ޓޭކާސްގެ ފަރާތުން ތައުރީފުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355