ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ދިއްދޫގެ ހީވެސް ނުވޭއިން ކުޅުދުއްފުށީ ކުލަބް ކޮރަލްސް މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ
މިއަދުގެ މެޗު 4 - 1 ން ހީވެސް ނުވޭއިން ކާމިޔާބުކުރިއިރު މިމެޗުން ވީ ބައްޔާއެކު މުބާރާތުގެ އެއްވެސް މެޗަކުން މޮޅުނުވެ ކުލަބް ކޮރަލްސް މިވަނީ މުބާރާތުން ކަޓައިފަ އެވެ
މިއަދުގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގައި އެންމެ ފުރަތަަމަ ލަނޑު ޖަހާ ލީޑު ނެގީ ހީވެސް ނުވޭ އިންނެވެ
މެޗުގެ 15 ވަނަ މިނެޓުގައި އެޓީމުގެ އާދަމް ޒުހެއިރު ދަނޑުގެ މެދަކާ ހިސާބުން ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 11 ހުސެއިން ޝިފާހު އެވެ
މިލަނޑާއެކު ކޮރަލްސްއިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފަަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަހްމަދު މަހްމޫދު އެވެ. މިއީ ކޮރަލްސްގެ މައިކަލް އަށް ހީވެސް ނުވޭގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް ހީވެސް ނުވޭއިން ވަނީ ކޮރަލްސް ޕްރެޝަރަށް ވައްޓާލާފަ އެވެ. މިލަނޑަކީ އެޓީމުގެ ޖާޒީ ނަންބަރު 30 ހުސެއިން ޒިމްޔާން އަރިމަތިން ލިބުނު ބޯޅައެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ވަގުތު ހުސްކޮށް އަރާ އެޓީމުގެ ޖާޒީ ނަންބަރު 9 އަހްމަދު ފަރުހާން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ
ފުރަތަމަ ހާފު ނިމުނީ 2 - 1 ން ހީވެސް ނުވޭ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ކުޅުން ރަނގަޅުކޮށްގެން ނުކުތްއިރު ހާފުގެ ކުރީކޮޅު ދެޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ
ނަމަވެސް މެޗުގެ ފަހުކޮޅު އަނެއްކާވެސް ހީވެސް ނުވޭއިން ވަނީ ނަތީޖާގެ ފަރަގު ބޮޑު ކޮށްފަ އެވެ. 84 ވަނަ މިނެޓުގައި އެޓީމުގެ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހުސެއިން ޒިމްޔާން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ވަގުތު ހުސްކޮށް އަރާ މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 67 މުހައްމަދު ނައުޝާދު އެވެ
އޭގެ 4 މިނެޓުފަހުން އަނެއްކާވެސް ޒިމްޔާންގެ އެސިސްޓަކުން ނައުޝާދު ވަނީ ހީވެސް ނުވޭގެ 4 ވަނަ ލަނޑު ޖަހާ އެޓީމަށް މެޗު ޔަގީންކޮށްދީފަ އެވެ. މިއާއެކު ކުޅުނު 3 މެޗުން ހީވެސް ނުވޭއިން މިވަނީ 4 ޕޮއިންޓް ހޯދާފަ އެވެ
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ހީވެސް ނުވޭގެ ޖާޒީ ނަންބަރު 11 ހުސެއިން ޝިފާހު އެވެ. މިމެޗުން ބަލިވުމާއެކު ކުލަބް ކޮރަލްސް މިވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ
ހީވެސް ނުވޭއަށް މިމުބާރާތުގެ ސެމީގެ ޖާގައެއް ޔަގީންވާނީ މާދަމާ ކުޅެވޭ މިގްރޫޕުގެ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މާދަމާ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް ބައްދަލުކުރާ މެޗުން ޒިގްޒެގް މޮޅުވެއްޖެނަމަ ގްރޫޕްގެ ދެވަނައިގައި ހީވެސް ނުވޭ ސެމީއަށް ދަތުރުކުރާނެ އެވެ
ނަމަވެސް މިމެޗުން ނޮޅިވަރަންފަރު މޮޅުވެއްޖެނަމަ ޒިގްޒެގާ ހީވެސް ނުވޭ ޕޮއިންޓްގެ ގޮތުން އެއްވަރުވާނެ އެވެ. އޭރުން ބަލާނީ ގޯލު ތަފާތަށެވެ. މެޗު އެއްވަރުވެއްޖެނަމަ ނޮޅިވަރަންފަރު ކަޓާ ހީވެސް ނުވޭއަށް ސެމީގެ ޖާގައެއް ލިބ