twitterviber whatsapp telegramfacebookyoutube instagram
9th August 2026

ރެސްޓޯރެންޓަކާއެކު ފީވަކުގައި ތަރައްގީކުރި ފެރީ ޓާމިނަލް އިމާރާތުގެ މަސައްކަތް ނިންމާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 18, 2025

ށ ފީވަކުގައި އެރަށު ކައުންސިލުން ތަރައްގީކުރި ހާބަރ ކެފޭ އާއި ފެރީ ޓާމިނަލްގެ މަސައްކަތް ނިންމާލައިފި އެވެ.

ފީވަކު ކައުންސިލުގެ މާލިއްޔާއިން 3.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި މިތަނުގެ މަސައްކަތް ހަވާލުކުރީ 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހު އެވެ.

ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ކޭއޯއަށް ވިދާޅުވީ، މިއީ 100 އިންސަތަ ކައުންސިލުން ތަރައްގީކުރި އިމާރާތެއް ކަމަށާއި މިތަނުގައި މި އިމާރާތުގައި ހިމެނޭ ރެސްޓޯރެންޓް ހިންގަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ދެ ބުރީގެ މި އިމާރާތުގައި ރެސްޓޯރެންޓެއްގެ އިތުރުން ފެރީ ޓާމިނަލް އާއި ފީޑިންގ ރޫމާއި އާންމު ފާހާނާ ހިމެނެ އެވެ. ރެސްޓޯރެންޓްގެ ޓެރަސް ގައި ތިބޭއިރު ވަރަށް މޫދުގެ ހިތްގައިމު ވިއު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ތަނާއެކު ފީވަކަށް އިތުރުން ދިރުން ލިބިގެންދާނެ އެވެ.

ފުޅާ ދާއިރާގެ ދަނޑުވެރިކަންކުރަމުންދާ ފީވަކަކީ ރާއްޖޭގެ ނިސްބަތުން މުދާ އުފުލާ ސަޕްލައި ދޯނި ގިނަ ރަށެކެވެ. އެރަށަކީ 1200 އެއްހާ މީހުން ދިރިއުޅެމުންދާ ރަށެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް ދިން މާލީ ބާރުވެރިކަމާއެކު ގިނަ ކައުންސިލްތަކަކުން ރަށްރަށުގައި އުމުރާނީ ގިނަ މަސައްކަތްތަކެއް ހިންގިނަމަވެސް ދާދިފަހުން ރައީސް ތަސްދީގުކުރި ބިލާއެކު ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ވަނީ ހަނިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355