twitterviber whatsapp telegramfacebookyoutube instagram
30th April 2026

14.7 މިލިއަން ރުފިޔާއަށް ފީވަކު ސްކޫލްގައި މަލްޓި ޕާޕަސް ހޯލްއެއް އަޅަން ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jan 3, 2023

ށ.ފީވަކު ސްކޫލް މަލްޓި ޕާޕަސް ހޯލާއި، ވަށާފާރު އެޅުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާކުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެކުންފުނީގެ މެނޭޖަރ އަޝްހަދު ސައީދުއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ މި މަޝްރޫއު އަކީ 2021 ޕީއެސްއައިޕީ ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ. ފީވަކު ސްކޫލް މަލްޓި ޕާޕަސް ހޯލް އަދި ވަށާފާރު އިމާރާތްކުރުމަށް 14,790,555.76 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ޔެސް މޯލްޑިވްސްގެ ފަރާތުން ވަނީ ދީފައެވެ.

ވޭތުވެދިޔަ އަހަރު ތެރޭގައި އެކި ރަށްރަށުގެ ސްކޫލުތަކުގައި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355