twitterviber whatsapp telegramfacebookyoutube instagram
18th November 2026

ސިއްހީ ގިނަ ހިދުމަތްތަކެއް 3 އަހަރުގެ ތެރޭގައި ތައާރަފު ކުރެވިއްޖެ: ރައީސް

ނަބީލާ އިސްމާޢީލް
Nov 18, 2026

ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާ، މީގެ ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ހިދުމަތްތަކެއް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައާރަފުކުރެވި އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ސިއްހީ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާ ރައީސް މުއިއްޒު ވަނީ ކިއުރޭޓިވް ހެލްތުކެއާ ކުރިއެރުވުމަށް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާ ހިއްސާކުރައްވާފަ އެވެ.

ރައީސްގެ ވާހަކަގައި ވަނީ މީގެ ކުރިން ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާގެ ގިނަ ހިދުމަތްތަކެއް މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ތައާރަފުކުރެވި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއިން ހޯދި މުހިންމު ކުރިއެރުންތަކާއި، މިހާރުވެސް ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކުގެ އަދާހަމަ ތަފްސީލުތައް، ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށް ދެއްވި "ހަފުތާ 156" ފޮތުގައި ހިމަނާފައިވެ އެވެ.

މިގޮތުން ސިއްހީ ދާއިރާއަށް މިހާތަނަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓާއެކު މި ސަރުކާރުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންގެންދާ ކާމިޔާބު، މުހިންމު އެތައް މަސައްކަތެއްގެ މައުލޫމާތު މި ފޮތުގައި ވަނީ ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293