twitterviber whatsapp telegramfacebookyoutube instagram
19th August 2025

ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓްޔާޑެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 13, 2025
1

ށ ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓްޔާޑެއް ތަރައްގީކުރުމަށް އެރަށު ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.

ރަށުގެ ހުޅަނގު އުތުރު ފަރާތުގައި ތަރައްގީކުރާ މި ބޯޓްޔާޑް ހެދުމަށް 40 އަހަރުގެ މުއްދަތަށް 90212 އަކަފޫޓްގެ ބިމެއް ދޫކޮށްފައިވެ އެވެ.

ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ކޭއޯއަށް މައުލޫމާތުދެމުން ވިދާޅުވީ، ބޯޓްޔާޑެއް ހެދުމަކީ ރައްޔިތުން ޒަމާނުންސުރެ ކުރަމުން ދިޔަ އުންމީދެއް ކަމަށާއި އެހެންނަމަވެސް އެވަރުކަމެއް ބޮޑު މަޝްރޫއެއް ކައުންސިލަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެކަން ގަބޫލުނުކުރާތީ، ކައުންސިލުން ނިންމީ ބިން ދޫކުރުމުން އަމިއްލަ ތަކެތީގައި ޒަމާނީ ބޯޑްޔާޑެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތެއް ހޯދަން ކަމަށެވެ.

އެ ފުރުސަތުގައި ތިން ފަރާތްތަކުން ޝައުގުވެރިކަންފާޅުކުރި ކަމަށާއި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅައި ކާމިޔާބުކުރީ 'ސީން ގުލޯބަލް' ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެފަރާތުން ބޯޓްޔާޑް ތަރައްގީކުރުމަށް 37 މިލިއަން ރުފިޔާގެ ޕްރޮޕޯސަލެއް ހުށަހެޅިކަމަށް ފީވަކު ރައީސް ވިދާޅުވި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތްތައް ކުރާއިރު ދެ އަހަރުގެ ތެރޭގައި ތަނުގެ ހިދުމަތް އާންމުކޮށް ލިބޭނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

ފުޅާ ދާއިރާގެ ދަނޑުވެރިކަންކުރަމުންދާ ފީވަކަކީ ރާއްޖޭގެ ނިސްބަތުން މުދާ އުފުލާ ސަޕްލައި ދޯނި ގިނަ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355