twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފީވަކަށް ގެނައި ތަރައްގީއަށް، ރައީސަށް ޝުކުރު!

ފީވަކުގެ ތަރައްގީއަށް ވައުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ ރައީސް ސޯލިހު
އެރަށް ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި 4 އަހަރުގެ ތެރޭގަ

ނަބީލާ އިސްމާޢީލް
Aug 15, 2022

ށ. ފީވަކު ކައުންސިލުން އެރަށުގެ ތަރައްގީއަށް މިސަރުކާރުން ފާއިތުވި 4 އަހަރުގެ ތެރޭގައި ގެނެސްފައިވާ ތަރައްގީއަށް، ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރަށް ޝުކުރު ދަންނަވައިފި އެވެ. މިބައްދަލުވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް އުމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި، އިޖުތިމާއީ ގޮތުން ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ ފާއިތުވި 4 އަހަރުގެ ތެރޭގައިކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

އަދި ފީވަކުގެ ތަރައްޤީއަށްޓަކައި ވައުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާކަމަށާ އަދި ބައެއް މަޝްރޫއުތައް ނިމިފައިވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހު، ފީވަކުގެ ތަރައްގީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަމަށް ކައުންސިލް މެމްބަރުން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާ، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.


މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތާ ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355