twitterviber whatsapp telegramfacebookyoutube instagram
16th August 2025

ބިލާއެކު ކުޅުދުއްފުށީގެ ތަރައްގީއަށް ފެށިފައިވާ ބައެއް މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވެއްޖެ: ޑެޕިއުޓީ މޭޔަރު އަލީ

އަބްދުލް ވާހިދު ޙަސަން
Aug 16, 2025

ކައުންސިލްތަކުގެ ބާރު ހަނިކޮށް އަތޮޅުތެރެ ނިކަމެތިކުރަން ފާސްކުރި ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީޤްކުރުމާއެކު ކުޅުދުއްފުށީގެ ތަރައްގީއަށް ފެށިފައިވާ ބައެއް މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވެގެން ހިނގައްޖެކަމަށް ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ބާރު ހަނިކުރާ ބިލް ރައީސް މުއިއްޒު ތަސްދީޤްކުރެއްވީ އެކަން ނުކުރަން 100 އަށްވުރެ ގިނަ ކައުންސިލްތަކުން ގޮވާލާފައިވަނިކޮށެވެ.

އަތޮޅުތެރެ ރައްޔިތުން ނިކަމެތިވާ ގޮތަށް ގޯސް އިސްލާހުތަކެއް ހިމަނައި ސަރުކާރުން ފޮނުވި ބިލް މަޖިލީހުން ފާސްކުރީ ސަރުކާރު މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެކަން ކުށްވެރިކުރައްވައި ޑެޕިއުޓީ މޭޔަރު އަލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނަށް ގެނައި މި ބަދަލުތަކާއެކު ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލަށް ލިބިދީފައިވާ ބާރު ހަނިވެ، ފެށިފައިހުރި ބައެއް މަޝްރޫއުތައްވެސް 90 ދުވަހުގެ ތެރޭގައި ހުއްޓާލަން މަޖްބޫރުވެގެން ހިނގައްޖެ ކަމަށެވެ..

"ރަށްތަކުގެ ރައްޔިތުންގެ ކިބައިން މި ނިގުޅައިގަނެވުނީ ވަރަށް ބޮޑު ހައްގެއް. 5 އަހަރަށް ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު ތައްޔާރުކުރެވުނު ތަރައްގީގެ ޕްލޭން ތަންފީޒުވަމުންދަނިކޮށް އެކަން ކަން ހުއްޓުވާލުމަކީ ރަށްރަށުގެ ތަރައްގީއާ ރައްޔިތުންގެ ލާބައަށް ނިންމި ނިންމުމެކޭ ބުނާނެ ޖާގައޮތީ ކޮން ހައިސިއްޔަތަކުންތޯ. ޑެޕިއުޓީ މޭޔަރުގެ ޕޯސްޓްގައިވެ އެވެ.

އަލީ ވިދާޅުވީ ގޯސް މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ އިތުރުވި ނުރައްކާތެރި ނިންމުމެއް ކަމަށެވެ.

އަތޮޅުތެރެ ނިކަމެތިކުރާ ބިލާއެކު އެންމެ ބޮޑު އެއް ގެއްލުން ލިބޭ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނެ އެވެ. އެގޮތުން ބިލާއެކު ކުޅުދުއްފުށީ ރައްޔިތުން އާންމުދަނީއަށް ލިބެމުންދިޔަ 4 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355