twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުރުނބާ އީދުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
May 29, 2023
2

ކުޅުދުއްފުށީގައި ފަންނުވެރިންގެ ހުނަރު ދައްކާލާ ކުރުނބާ އީދުގެ މުބާރާތް މިއަހަރުވެސް ބާއްވަން ނިންމާ އެ މުބާރާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އަޟްހާ އީދު ނުވަތަ ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުށީގައި ސަގާފީ ގޮތުން ހަދަމުން އަންނަ އީދުގެ ނުވަތަ ކުރުނބާ އީދުގެ މިއަހަރުވެސް އޮންނާނެކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ މި މަހު 24 ވަނަ ދުވަހު އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމުގަ އެވެ.

މިކަން މުޅިން އުވި ގޮސްފައިވަނިކޮށް މުބާރާތެއްގެ ގޮތުގައި ކުރުނބާ އީދުގެ މުބާރާތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރު އެވެ.

މުބާރާތުގެ 1 ވަނަ އަދި 2 ވަނަ އަށް ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުވަގުތަކީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަސްކަމަށް ސިޓީކައުންސިލުން ބުނެއެވެ.

އަންނަ އަޟްހާ އީދު ވިލޭރޭ (28 ޖޫން) ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުން 1 ވަނަ ހޯދާ ފަރާތަށް 3000 ރުފިޔާ އަދި 2 ވަނަ ހޯދާ ފަރާތަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ސިޓީ ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ.

ގޫގުލް ފޯމަކުން ބައިވެރިވާ ހުޅުވާލާފައިވާ މި މުބާރާތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ ޕެނަލުން ދޭ 70 އިންސައްތަށް މާކްސްގެ އިތުރުން މީސްމީޑިއާގެ ލައިކްސް އަދި ޝެއާއިން ލިބޭ 30 އިންސައްތަ މާކްސް އިން ކަމަ އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މުބާރާތުގައި އަމިއްލަގޮތުންނާއި ކުލަބު ޖަމިއްޔާތަކުން، ގުރޫޕްތަކުންނާއި މުވައްސަސާތަކުންވެސް ބައިވެރިވެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355