twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބޮޑު އީދަށް މުލީ މީހުން ލަނގިރި ޖަހަން ކުޅުދުއްފުއްޓަށް

އަބްދުލް ވާހިދު ޙަސަން
Jun 4, 2023
3

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިއަހަރުގެ ބޮޑު އިދާ ދިމާކޮށް ލަނގިރި ޖަހާ ގުރޫޕެއް ގެންނަ ހަމަޖެހިފައިވާކަމަށް އެ ކޮމެޓީން ބުނެފި އެވެ.

އަންނަ އަހަރަށް އެ ކޮމެޓީގެ ވޯކްޕްލޭން އެކުލަވާލަން އަންހެނުންގެ ހިޔާލު ހޯދަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސާ ހަދީޖާ މޫސާ ވިދާޅުވީ، މިއަހަރުގެ ބޮޑު އީދުގައި އެ ކޮމެޓީން ނިންމާފައިވަނީ މުލީ މީހުންގެ ގެނެސް ލަނގިރި ޖެހުމަށް ކަމަށެވެ.

ބޮޑުއީދުގައި މިއަހަރުވެސް ކުޅުދުއްފުށީގައި ގިނަ ހަރަކާތްތަކެއް ސިޓީ ކައުންސިލާއި ރައްޔިތުން ގުޅިގެން ބާއްވަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރައީސާ ވިދާޅުވީ، ލަނގިރި ޖެހުމަށް ވަކި ދުވަހެއް އަދި ފައިނަލްވެފައިނުވާއިރު މަސައްކަތްކުރަމުންދަނީ އީދުގެ ތިންވަނަ ދުވަހު ނުވަތަ ފަސްވަނަ ދުވަހު އެ ކުޅިވަރު ބާއްވަން ކަމަށެވެ.

މުލީގެ މީހުން ލަނގިރި

މ މުލީ ފިރިހެނުންގެ ސަގާފީ ކުޅިވަރުތަކުގައި ހިމެނޭ ލަނގިރިޖެހުމާއި ބިލެއްދަފި ނެގުން އަދި ނަގިލި ނެގުމަކީ ކާބަފައި ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރުތަކެވެ. ކުރީޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މުލީ މީހުންގެ ސަގާފީ ކުޅިވަރުތައް މުޅި ރާއްޖެއަށް މަޝްހޫރެވެ.

އެހެންވުމުން އީދުގައި ރާއްޖޭގެ އެކި ރަށްރަށަށް އެ މީހުން ދައުވަތު ދީގެން އެ ކުޅިވަރު ކުޅުމަށް ގެންދެ އެވެ. ސަބަބަކަށްވެފައިވަނީ އޮންނަނީ އެމީހުންގެ ލަނގިރި ޖެހުމުގައި ކިޔާ ލަވަތަކާއި އެ ހަރަކާތުގައި ހުނަރުވެރިކަން ހުރުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355