ބޮޑު އީދު ކުޅިވަރުތަކުގެ ތެރެއިން ކުޅުދުއްފުށީގައި ކުޅެމުން އަންނަ 'ދަމުހިނގުމުގެ' ކުޅިވަރު ވިއްސާރަވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ. ދަމުހިންގުން ފުރަތަމަ ބާއްވަން އުޅުނީ ހުކުރުދުވަހު ރެ އެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ރެއަށްވެސް ދަމުހިންގުން ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ދަމުހިނގުމުގެ ކުޅިވަރަކީ އީދު ކުޅިވަރުތައް ނިމުންކަން އަންގައިދިނުމުގެ ގޮތުން އީދުގެ އެންމެފަހު ރޭ އޮންނަ ކުޅިވަރެކެވެ.
100 އަހަރަށްވުރެ ގިނަ ދުވަސްވީ މި ކުޅިވަރަކީ ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތުގެ ތެރެއިން އެންމެ ހާއްސަ ކުޅިވަރެވެ. މި ކުޅިވަރު ފެންނާނީ ހަމައެކަނި ކުޅުދުއްފުށިންނެވެ.
ބެރުވެރިން ބެރު ޖަހަމުން ވަކި ގޮތަކަށް ކޮރެއް އެއްލަމުން ވަށްބުރަކަށް އެންބުރެމުންދާއި ބެރުވެރިންގެ ވަށައިގެން ވަކި ހާއްސަ މާލިތަކެއް ވަކިގޮތަކަށް ނަށަމުންގެންދާ ކުޅިވަރެކެވެ.




