twitterviber whatsapp telegramfacebookyoutube instagram
13th October 2026

އީދާ ދިމާކޮށް 9 ދުވަހުގެ ބޮޑު ބަންދެއް

ނަބީލާ އިސްމާޢީލް
May 13, 2026

މިއަހަރުގެ އަޟްހާ އީދު ޗުއްޓީއަށް، ސަރުކާރު ބަންދު 9 ދުވަސް ލިބޭ ގޮތަށް، މުޅި ހަފްތާ ސަރުކާރު ބަންދުކުރުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެގޮތަށް ރައީސް ހަމަޖެއްސެވީ އަޟްހާ އީދުގެ ބަންދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދެންނެވުމުގައިވެއެވެ.

ރައީސް އޮފީހުން ބުނީ އީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ މެއި 31 ގައި ކަމަށެވެ.

މި އަހަރުގެ ހައްޖު ދުވަސްވާނީ މި މަހުގެ 26 އަށެވެ. އަޟްހާ އީދު ވާނީ ޖެހިގެން އަންނަ 27 އަށެވެ. އަޟްހާ އީދުގެ ގޮތުގައި ހަތަރު ދުވަސް ފާހަގަ ކުރެއެވެ. އެހެންވެ، އެ ހަފްތާ އެއްކޮށް ބަންދުވުމުން ޖުމްލަ ބަންދުގެ ގޮތުގައި ހަތް ދުވަސް ލިބޭނެއެވެ.

މި މަހުގެ 22 އަދި 23 ވަނަ ދުވަހަކީ ހުކުރު އަދި ހޮނިހިރު ދުވަހެކެވެ. އެހެންވެ، އެ ދެ ދުވަސް ހިމެނުމުން ބަންދު ދުވަސްތަކުގެ އަދަދު ނުވައަކަށް އިތުރުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293