twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފައިލޭރިއާއަށް އިތުރު ހަ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 25 އަށް

Dec 21, 2023
2

ކުޅުދުއްފުށިން ފައިލޭރިއާ އަށް އިތުރު ހަ މީހުން ޕޮޒިޓިވްވެ، ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) "އެކްސްގައި" ކުރި ޕޯސްޓުގައި ބުނީ، އެއިޑްސް ދުވަސް ފާހަގަކުރަން ކުޅުދުއްފުށީގައި ބޭއްވި ހެލްތު ސްކްރީނިންގައި ބިދޭސީ ލޭބަރުންތަކެއް ޕޮޒިޓިވްވުމުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ގެންދިޔަ ސްކްރީނިންގައި މިހާތަނަށް 25 ބިދޭސީއަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 439 މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން ޖުމްލަ 25 މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ފައިނޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުންކަން ފާހަގަކުރެވިފައިވާ ކަމަށާއި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޭއާރުއެޗުގެ މީޑިއާ އޮފިސަލް މުހައްމަދު މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދި މިހާތަނަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ބިދޭސީ މަސައްކަތްތެރިން ކަމަށެވެ. ނަމަވެސް ބައެއް ދިވެހިންވެސް ސްކުރީން ކޮށްފައިވާނެ ކަމަށާއި އާންމުކޮށް ހުޅުވާލައިގެން ސްކްރީން ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ޓެސްޓް ކުރާވަރަކަށް ޕޮޒިޓިވް ކޭސްތައް ފެނުމުގެ ފުރުސަތު އޮތްކަމަށާއި މި ބައްލި ރަށުތެރޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއެވެ.

މުހައްމަދު ވިދާޅުވީ އެޗްޕީއޭގެ ލަފާޔާއި ގައިޑްލައިންގެ ދަށުން ރަށުގައި މަސައްކަތްކުރަމުން އަންނަކަމަށެވެ. ނަމަވެސް އާންމު ސިއްހަތާއި ގުޅުންހުރި މިފަދަ މަސައްކަތްތަކުގައި އާންމު ފަރުދުންގެ ހިއްސާއާއި ކައުންސިލާއި ރެޑްކުރެސެންޓްގެ އެހީތެރިކަން ވަރަށްބޮށަށް ލިބޭކަން މުހައްމަދު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ކޭއާރުއެޗްގެ އިލްތިމާސްއަކީ އާންމު ސިއްހަތާ ގުޅުން ހުރި މި ފަދަ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ނަތީޖާ ފެންނާނެ ކަންކަން ކަމަށާއި މަދިރިން ރައްކާތެރިވުމުގެ އިތުރުން މަދިރި އުފެދޭ ފަދަ ތަންތަން ނައްތާލުމަށް އެންމެ ގުޅިގެން މަސައްކަތް ކުރުން ކަމުގައި އޭނާ ވިދާޅުވި އެވެ.

މި ބައްޔަކީ ފެތުރުމުގެ ފުރުސަތު ވަރަށް ދަށް ބައްޔެއްނަމަވެސް ފެތުރުމުގެ ފުރުސަތު ނެތް ބައްޔެއް ނޫން ކަމަށްވެސް ކޭއާރުއެޗުން ބުނެ އެވެ. ޕޮޒިޓިވްވާ ހުރިހާފަރާތަކަށްވެސް އަންނަނީ ފަރުވާދެމުން ކަމަށެވެ.

ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތައް އައިބުވާ މިންވަރަށް ސިފަ ބަދަލުކޮށްލަ އެވެ.

ފައިލޭރިއާ އުފެދެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމެވެ.

މި ކޭސްތަކާއި ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއިގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި މަޝްވަރާ ހިންގަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355