twitterviber whatsapp telegramfacebookyoutube instagram
6th September 2026

ނޭކުރެންދޫ ބީ14 ސްޕޯޓްސް ފެސްޓިވަލް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Dec 23, 2023

ހދ ނޭކުރެންދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިން އެރަށުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބީ14 ސްޕޯޓްސް ފެސްޓިވަލް ފަށައިފި އެވެ.

ނޭކުރެންދޫ ސްޕޯޓްސް އެރީނާގައި ކުރިއަށްދާ މި ފެސްޓިވަލް ފައްޓަވައިދެއްވީ ހުކުރުދުވަހު އެކަމަށް ހާއްސަކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

މިއަހަރުގެ ފެސްޓިވަލްގައި ދެ ކުޅިވަރެއް ބާއްވާއިރު ފިރިހެނުންނަށް ފުޓްސަލް އަދި އަންހެނުންނަށް ހާއްސަކޮށް ބާއްވަނީ ވޮލީބޯޅަ މުބާރާތެކެވެ. މިއަހަރުގެ ފެސްޓިވަލްގައި ޖުމްލަ 7 ޓީމަކުން ވާދަކުރާނެ އެވެ. އެއީ ފުޓްސަލްގައި ބައިވެރިވި 4 ޓީމަކާއި ވޮލީބޯޅަގައި ބައިވެރިވި 3 ޓީމެވެ.

މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މަގުސަދަކީ ނޭކުރެންދޫގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމާއި ވާދަވެރި މުބާރާތެއްގެ ތެރެއިން ކުޅުންތެރިންގެ ހުނަރު ދައްކައިދިނުމަށް ފުރުސަތު ހޯދައިދިނުމަށް ބާއްވާ ފެސްޓިވަލެކެވެ.

އަދި ގައުމީ ފެންވަރުގެ މުބާރާތަކުގައި ވާދަކުރެވޭނެ ކުޅުންތެރިން އުފެއްދުމަކީވެސް މުބާރާތުގެ މަގުސަދެއްކަމަށް ކައުންސިލުން ވިދާޅުވެ އެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހު 27 ގެ ނިޔަލަށެވެ. މިފެސްޓިވަލްގެ މެޗުތައް ހަވީރާއި ރޭގަނޑު ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355