twitterviber whatsapp telegramfacebookyoutube instagram
18th October 2024

ހަވާ އެރުވުމާއެކު ކުޅުދުއްފުށީގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ

ކުޅުދުއްފުއްޓަށް ހާއްސަ ސަގާފީ ކުޅިވަރުތަކުގެ އިތުރުން ހަބޭސް ބޮޑުބެރު އާއި ޔާރާ ޑާންސް ގުރޫޕް އަދި ޝަލަބީ އާއި ސައިނާވެސް ޕަފޯމްކުރާނެ

އަބްދުލް ވާހިދު ޙަސަން
Jun 3, 2024
4

ހަވާއެރުވުމާއެކު މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ. އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ބޮޑު އީދުވެސް ރައްޔިތުންގެ ބައިވެރިވުމާއެކު ކުލަގަދަކޮށް ފާހަގަކުރެ އެވެ.

ސިޓީ ކައުންސިލުން މެމްބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، މިއަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ފެށިގެންދާނީ އީދު ވިލޭރޭ ބާއްވާ ކުރުނބާ އީދުގެ މުބާރާތުން ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމާއި ކުޑަކުދިންގެ ހަވީރާއި ސްޓޭޖް ޝޯގެ އިތުރުން ކުޅުދުއްފުއްޓަށް ހާއްސަ ސަގާފީ އީދު ކުޅިވަރުތައް މިއަހަރުވެސް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އީދުގެ ފުރަތަމަ ރޭ ސްޓޭޖް ސަރަހައްދުގައި ހަވާ އެރުވުންވެސް ކުރިއަށްދާނެކަމަށް ރިލޭ ވިދާޅުވި އެވެ. ބޮޑު އީދުގައި ކުޅޭ ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރުތަކުގެ ތެރޭގައި މަޝްހޫރު މަށިމާލި ޕެރޭޑާއި ރާނީ ހިނގުން، ހިއްޗަށްވަޑައިގަތުމާއި ދަމު ހިނގުމުގެ ކުޅިވަރު ކުރިއަށްދާނެ ކަމަށެވެ.

މިއަހަރުގެ އީދު ކުޅިވަރުތަކުގެ އިވެންޓް މެނޭޖްކުރަނީ މިނާ ކޮމްޕެނީ އެވެ. އެ ފަރާތުން ބުނީ، ސްޓޭޖް ޝޯ ދޭނެ ފަރާތްތައް ކަނޑައެޅި ހަމަޖެހިފައިވާ ކަމަށެވެ.

މިނާ އިން ބުނީ، އީދުގެ ފުރަތަމަ ރޭ ޝޯ ދޭނީ ޔާރާ ގުރޫޕުން ކަމަށާއި ދެވަނަ ރޭ ޝަލަބީގެ ބޭންޑާއެކު މޯލްޑިވިއަން އައިޑޮލް އިން ވިދާލި އައިމިނަތު ސައިނާ ޕަފޯމުކުރާނެ އެވެ. އަދި ހަމަ އެ ރޭ އެކްސްޓްރީމް ލެވެލް ޑާންސް ގުރޫޕްގެ ހުށަހެޅުންތައްވެސް ފެނިގެންދާނެ އެވެ.

ތިންވަނަ ދުވަހު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް ސަޔަކާއެކު ހަބޭސް ބޮޑުބެރުގެ ހުށަހަޅުންތައް އޮންނައިރު އެ ރޭ ވެސް ހަބޭސްގެ ހުށަހެޅުން އޮންނާނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރުގެ ބޮޑު އީދުގައި ސްޓޭޖް ޝޯ ބާއްވާފައިނުވާތީ އާންމުގެ ގިނަ ބަޔަކު ސިޓީ ކައުންސިލަށް ނުރުހުންފާޅުކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355