twitterviber whatsapp telegramfacebookyoutube instagram
18th September 2024

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި 8 ޓީމެއް، ފުޓްސަލްގައި 14 ޓީމަކުން ވާދަކުރާނެ

އަބްދުލް ވާހިދު ޙަސަން
Aug 25, 2024
1

ހދ އަތޮޅު ކައުންސިލުން އަތޮޅުގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ 'ތިލަދެކުނު' ފުޓްބޯޅަ މުބާރާތުގައި 8 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ސެޕްޓެމްބަރުމަހު 6 ވަނަ ދުވަހު ކުޅުދުއްފުށީގައި ފަށާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ހަތަރު ޓީމަކާއި އަތޮޅުގެ އެހެން ރަށްރަށުގެ ހަތަރު ޓީމެކެވެ.

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ޓީމުތައް

  • ސާއްބަ އެކުވެރިން ކުލަބް (ހަނިމާދޫ)
  • ޓީމް ނެއްލައިދޫ
  • ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް
  • ކުމުންދޫ ސްޕޯޓްސް ކުލަބް
  • މަގުލަސް ކުލަބް (ކުޅުދުއްފުށި)
  • އިންފިނިޓީ އެކަޑަމީ (ކުޅުދުއްފުށި)
  • ކުލަބް ކޮރަލްސް (ކުޅުދުއްފުށި)
  • ހިރަފުސް ސްޕޯޓްސް ކުލަބް (ކުޅުދުއްފުށި)

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 30000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މީގެ އިތުރުން މުބާރާތުގައި ގިނަ ވަނަތަކެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ވަނަތަކުގެ ތެރޭގައި ފެއާޕްލޭ ޓީމް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަ، މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ، މުބާރާތުގެ އެންމެ މޮޅު ސްޓްރައިކަރ، މުބާރާތުގެ އެންމެ މޮޅު ކޯޗްގެ އިތުރުން މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހިމެނެއެވެ.

ފުޓްބޯޅަ މުބާރާތުގެ އިތުރުން އަންހެނުންނަށް ހާއްސަކޮށް ފުޓްސަލް މުބާރާތެއްވެސް ބާއްވަން އަތޮޅު ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ. ހދ އަތޮޅު ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 14 ޓީމަކުން ވާދަކުރެ އެވެ.

އެއީ ކުޅުދުއްފުށީގެ 6 ޓީމަކާއި ހަނިމާދޫން ދެ ޓީމަކާއި އަތޮޅުގެ އެހެން ރަށްތަކަށް ނިސްބަތްވާ 6 ޓީމަކުންނެވެ.

ތިލަދެކުނު ފުޓްސަލް މުބާރާތުގައި ބައިވެރިވި ޓީމުތައް

  • ކެތިއަރާ - ހަނިމާދޫ
  • ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • ކުލަބް ސެނޮން - ނޭކުރެންދޫ
  • މާމުޑާ ސްޕޯޓްސް ކުލަބް - މަކުނުދޫ
  • ނައިވާދޫ ޓްރެއިނަރސް ސްޕޯޓްސް ކުލަބް
  • ކުލަބް ވީއާ ވަން - ކުޅުދުއްފުށި
  • ގްރީން ސްޕޯޓްސް ކުލަބް - ކުޅުދުއްފުށި
  • މާއްޓޭ ސްޕޯޓްސް - ކުޅުދުއްފުށި
  • ސްކައި - ކުޅުދުއްފުށި
  • މަންޓާ ސްޕޯޓްސް އެކަޑަމީ - ކުޅުދުއްފުށި
  • ކެޑް - ކުޅުދުއްފުށި
  • ވިއެ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބް - ފިނޭ
  • ކުމުންދޫ ސްޕޯޓްސް ކުލަބް
  • ޓީމް ނައްލައިދޫ

ސެޕްޓެމްބަރު 27 ވަނަ ދުވަހު ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ހުށަހެޅިފައިވެ އެވެ.

މި މުބާރާތްތަކީ އަތޮޅުގައި ފުޓުބޯޅައިގެ ރޫހު އާލާކޮށް ދިރުވުމަށާއި ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުސަތު ހޯދައިދީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355