- މިއަހަރު ކުޅިވަރު ކަލަންޑަރުގައިވެސް ގައުމީ ފެންވަރުގެ މުބާރާތްތަކާއި ސަރަހައްދީ ފެންވަރުގެ މުބާރާތް ހިމެނޭ.
2025 ވަނަ އަހަރުގެ ކުޅުދުއްފުށީ ސްޕޯޓްސް ކަލަންޑަރު އެކުލަވާލައި އާންމުކޮށްފި އެވެ. ސިޓީ ކައުންސިލުން މިއަދު އާންމުކުރި ސްޕޯޓްސް ކަލަންޑަރުގައިވާގޮތުން ޖުމްލަ 20 މުބާރާތެއް ހިމެނެ އެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ މުބާރާތްކަމުގައިވާ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ހިމަނާފައިވަނީ އޯގަސްޓްމަހު އެވެ. ސިޓީ ކައުންސިލުން އިންތިޒާމުކުރާ އެ މުބާރާތަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެކެވެ.
މީގެ އިތުރުން އުތުރުގެ ގިނަ ސްކޫލްތަކެއް ބައިވެރިވާ ތިލަދުންމަތީ ފެތުމުގެ މުބާރާތް އޮންނާނީ މެއިމަހު އެވެ. މިއީ ސްވިމިންގ އެސޯސިއޭޝަނާއި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާތާ ތިންވަނަ އަހަރެވެ.
މިއަހަރުގެ ކުޅިވަރު ކަލަންޑަރުގައިވާ ގޮތުން އެންމެ ފުރަތަމަ އޮންނާނީ ޒިގްޒެގުން ކޮންމެ ރޯދަމަހަކާ ދިމާކޮށް ބާއްވަމުންއަންނަ ފުޓްސަލް މުބާރާތެވެ.
މާރޗު؛
* ޒިގްޒެގް ފުޓްސަލް ކަލް - ޒިގްޒެގް
* ޕީއެސް ޓޯނަމެންޓް - ކުލަބް ކޮރަލްސް
* އަންހެނުންގެ މަސްރޭސް - އަންހެނުންގެ ކޮމެޓީ
* އީދު ބަޑި - އާންމު
އެޕްރީލް؛
* އިންޓަރ އޮފީސް މަސްރޭސް - ކްލަބް ކޮރަލްސް
* 21 އަހަރުގެ ދަށުގެ އަންހެން ހޭންޑްބޯލް ޓޯނަމެންޓް - ގްރީން ސްޕޯޓްސް އެކަޑަމީ
މެއި؛
* ކުދިންނަށް އަދި ދުވަސްވީ މީހުންގެ ތިންހަމަ އަދި އޮށްވަޅުގޮނޑި މުބާރާތެއް - އަންހެންގެ ކޮމެޓީ
* ތިލަދުންމަތީ އިންޓަ ސްކޫލް ސްވިމިންގ - ސިޓީ ކައުންސިލް/ސްވިމިން އެސޯސިއޭޝަން
ޖޫން؛
* ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ޒިގްޒެގް.
* ވާދެމުން - ކުލަބް ކޮރަލްސް.
* ހޭންޑްބޯލް މޯލްޑިވްސް އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް - ޑަބުލިއު ސްޕޯޓްސް އެކަޑަމީ.
* އިންޓަރ ސްކޫލް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް - ޑަބުލިއު ސްޕޯޓްސް އެކަޑަމީ.
* އީދު ކުޅިވަރު - ސިޓީ ކައުންސިލް
ޖުލައި؛
* ބީޗް ވޮލީ މުބާރާތް - މަގުލަސް ކުލަބް
* އިންޓަ އޮފީސް ފުޓްސަލް މުބާރާތް - ކުލަބް ކޮރަލްސް
* އަންހެނުގެ ބެޑްމިންޓަން މުބާރާތް - އަންހެނުންގެ ކޮމެޓީ
އޯގަސްޓް؛
* ކުޅުދުއްފުށީ ޗެމްޕިއަންޝިޕް - ސިޓީ ކައުންސިލް
ސެޕްޓެމްބަރު؛
* ފިރިހެން/އަންހެން ކުދިންނަށް ހުޅުވާލައިގެން ބާއްވާ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް - ޑަބުލިއު ސްޕޯޓްސް އެކަޑަމީ.
އޮކްޓޯބަރު؛
އެމްބީއޭ އިންޓަ އޮފީސް ބާސްކެޓް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން (ފިރިހެން/އަންހެން - ޑަބުލިއު ސްޕޯޓްސް އެކަޑަމީ.
ޑިސެމްބަރު؛
* ފުޓްސަލް މުބާރާތް - ކުލަބު މަގުލަސް
ކުޅުދުއްފުއްޓަކީ މާލެ ފިޔަވައި އެންމެ ގިނަ ކުޅިވަރު މުބާރާތްތައް ބާއްވަމުން އަންނަ ރަށެވެ. ގިނަ މުބާރާތްތައް އިންތިޒާމުކުރަނީ ކުލަބު ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ގުޅިގެންނެވެ.