twitterviber whatsapp telegramfacebookyoutube instagram
15th October 2025

އަތޮޅު ފުޓްބޯޅަ މުބާރާތުގައި ނޯތު ރީޖަންގެ 13 ރަށަކުން ބައިވެރިވެއްޖެ

Oct 15, 2025

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެޓޯލް ޗެމްޕިއަންޝިޕް" ގައި ނޯތު ރީޖަންގެ 13 ރަށަކުން ބައިވެރިވެއްޖެ އެވެ.

އެފްއޭއެމް އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން މާލެ ރީޖަން ހިމަނައި ރާއްޖޭގެ ހަތަރު ރީޖަންއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ބައިވެރިވިވުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 48 ރަށުން ބައިވެރިވި އެވެ.

ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ ، ފ ، ދ އެވެ. ސައުތު ރީޖަންގައި ހިމެނެނީ، ތ، ލ، ގއ، ގދ، ޏ، އަދި ސ، އަތޮޅެވެ.

ނޯތު ރީޖަން އިން ބައިވެރިވި 13 ރަށްތައް:

• ހއ ދިއްދޫ
• ހއ އިހަވަންދޫ
• ހދ ހަނިމާދޫ
• ހދ ކުޅުދުއްފުށި
• ހދ ނެއްލައިދޫ
• ހދ ނޮޅިވަރަމް
• ށ ފޯކައިދޫ
• ނ ކެނދިކުޅުދޫ
• ނ މަނަދޫ
• ނ ކުޑަފަރީ
• ބ އޭދަފުށި
• ޅ ކުރެންދޫ
• ޅ ނައިފަރު

ސެންޓްރަލް ރީޖަން އިން ބައިވެރިވި 21 ރަށް:

• ކ ހިންމަފުށި
• ކ ގުރައިދޫ
• ކ ހުރާ
• ކ ގުޅި
• ކ މާފުށި
• އއ ތޮއްޑޫ
• އއ އުކުޅަސް
• އއ ރަސްދޫ
• އދ ފެންފުށި
• އދ މަހިބަދޫ
• އދ ހަންޏާމީދޫ
• އދ އޮމަދޫ
• އދ ކުނބުރުދޫ
• އދ ދިގުރަށް
• ވ ކެޔޮދޫ
• މ ވޭވަށް
• މ މުލަކު
• ފ މަގޫދޫ
• ފ ނިލަންދޫ
• ދ މީދޫ
• ދ ކުޑަހުވަދޫ

ސައުތު ރީޖަން އިން ބައިވެރިވި 14 ރަށް:

• ތ ތިމަރަފުށި
• ލ ކުނަހަންދޫ
• ލ ފޮނަދޫ
• ލ ގަން
• ލ މަހިބަދޫ
• ގއ ވިލިގިލި
• ގއ ދެއްވަދޫ
• ގދ ތިނަދޫ
• ގދ ގައްދޫ
• ގދ ހޯޑެއްދޫ
• ޏ ފޯއްމުލަކު
• ސ ފޭދޫ
• ސ ހިތަދޫ
• ސ މަރަދޫ

މާލޭ ރީޖަންގައި ހިމެނޭނީ އެއީ، މާލޭގެ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355