ކުޅުދުއްފުށީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލްކުރުމަށް ނުވިހާ ގޮތް ހެދުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގުރާމުގެ ދަށުން އާންމު ސަރަހައްދުތަކުގައި އުޅޭ ބުޅާ ހިފައި ނުވިހާ ގޮތް ހެދުމަށްފަހު ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.
މި ޕްރޮގުރާމުގެ މަގުސަދަކީ އިންސާނިއްޔަތުކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން، ރައްކާތެރިގޮތެއްގައި ރަށު ތެރޭގައި އުޅޭ ބުޅަލުމުގެ އާބާދީ ކޮންޓްރޯލުކުރުމަށް މަގުފަހިކުރުން ކަމަށެވެ.
މިއީ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.




