twitterviber whatsapp telegramfacebookyoutube instagram
26th June 2026

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުވެރިކަމުގެ ބަށިމެޗެއް ކުޅެފި

Nov 9, 2012

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އެކުވެރިކަމުގެ ބަށިމެޗެއް ކުޅެފިއެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ބައްދަލު ކުރީ ކުމުންދޫ ބަށި ޓީމާއި ކުޅުދުއްފުށިން ހޮވާލެވުނު ބަށި ޓީމެކެވެ. މި މެޗް 20 ލަނޑު 7 ފޯލި 20 ލަނޑު 3 ފޯލިން ކާމިޔާބުކުރީ ކުމުންދޫ ބަށި ޓީމެވެ.

ފޯރިގަދަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޓީމުގެ އައިޝަތު އާދަމް އެވެ. މޮޅުކުޅުންތެރިއާ އަށާއި މޮޅުވި ޓީމަށް ތައްޓާއި ސެޓްފިކެޓް ދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން ކުޅިވަރަށް ޚިދުމަތް ކުރުމުގައި ގިނަދުވަސްވީ ފަރާތެއް ކަމުގައިވާ ދެބުދާރުގެ އާދަމް އިސްމާއީލެވެ.

މިމެޗް ބައްލަވާލެއްވުމަށް ބައެއް ކައުންސިލަރުންނާއި ދެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސްޓޭޑިއަމްއަށް ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355