twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކުޅުދުއްފުށީގައި ވޮލީ ކޭމްޕެއް ފަށައިފި

Jan 22, 2014

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ވޮލީ ކޭމްޕެއް ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ވޮލީ ކޭމްޕު ކުޅުދުއްފުށީގައި ފަށާފައިވަނީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ދެއްކެވި ވާހަކަފުޅުގައި ވޮލީ ކޭމްޕްގައި އިރުޝާދު ދެއްވާ ދެ ފަރާތަކީ ވަރަށް ގާބިލު ބޭފުޅުންކަން ފާހަގަކުރައްވައި މި ކޭމްޕުގައި ބައިވެރިންނަށް އުނގަންނައިދޭ އެއްޗެހި ނަގައިގަނެ އެތަކެތީގެ ބޭނުން ހިފުމަށް އެދިލެއްވި އެވެ.

މި މަހުގެ 20 ން އަންނަ މަހުގެ ފަހަކަށް ކުޅުދުއްފުށީގައި ކުރިއަށްދާ މި ކޭމްޕްގައި 90 ޒުވާނަކު ބައިވެރިވެފައި ވެއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމާއި އަފީފުއްދީން ވޮލީ ކޯޓު އަދި ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ކުރިއަށްދާ މި ކޭމްޕުގައި ބައިވެރިންނަށް ވޮލީގެ ހުނަރުގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިއަށް ގެންދާ މި ވޮލީ ކޭމްޕް މީގެ ކުރިން ހދ. ހަނިމާދޫ އާއި ނޮޅިވަރަމުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293