twitterviber whatsapp telegramfacebookyoutube instagram
14th October 2026

ހދ އަތޮޅު އަންހެނުންގެ ވޮލީ މުބާރާތް ފިނޭ ކާމިޔާބު ކޮށްފި

Mar 16, 2014

ހދ. އަތޮޅު އަންހެނުންގެ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށް ފިނޭ އަންހެނުންގެ ވޮލީ ޓީމު ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ފިނޭ ޓީމުން ހޯދާފައިވަނީ ސީދާ 3 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗު އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނީ ފިނޭ އަންހެނުންގެ ވޮލީ ޓީމުގެ ޖޯޒީ ނަންބަރު 7 އައިޝަތު މުނާ އެވެ.

މި ރަސްމިއްޔާތުގައި 19 އަހަރުން ދަށުގެ އެންމެ މޮޅު އަދި އުންމީދީ ކުޅުންތެރިޔާގެ މަގާމަށް އެވޯޑު ދީފައި ވެ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލު ކޮށްފައިވެ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމުގެ ކޯޗެވެ.

މިމެޗުގެ ޝަރަފުވެރި މެހެމާނަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް އެވެ.

މި މެޗު ބައްލަވާލެއްވުމަށް ކުޅުދުއްފުއްޓާއި ހަނިމާދޫ ރަށު ކައުންސިލާއި ހދ އަތޮޅު ކައުންސިލުގެ ބައެއް މެންބަރުންގެ އިތުރުން އަޕާ ނޯރތް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ފަތުހު ﷲ ޖަމީލް ބައިވެރިވެ ވަޑައިގެންނެވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293