twitterviber whatsapp telegramfacebookyoutube instagram
24th March 2026

ހަވީރުގެ ސްޕޯޓްސް އެވޯޑްސްގެ ޗެލެންޖް ކަޕްގެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި އެންޑީ ހިމެނިއްޖެ

Jun 7, 2014

2014 ވަނަ އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ 5 ކުޅުންތެރިންގެ ތެރޭގައި ނޮޅިވަރަމްގެ އަމްދާން ޢަލީ (އެންޑީ) ހިމެނިއްޖެ އެވެ.

ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރ އެންޑީއަކީ މާޒިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. އޭއެފްސީ ކަޕްގައި އޭނާގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ދިވެހި ޤައުމީ ޓީމުގެ ކޯޗް ކްރޮއޭޝިއާގެ ޑްރާގޯ މަމިޗް ޗެލެންޖް ކަޕްގައި ވާދަކުރާ ސްކޮޑް އިޢުލާންކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވިދާޅުވި އެވެ.

އެންޑީގެ އިތުރުން ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރ އިމްރާން މުޙައްމަދާއި ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) އަދި މުޙައްމަދު ރަޝީދު (ހޮކޭ)ގެ އިތުރުން އައްސަދު ޢަލީ (އަޑުބަރޭ) އެވެ.

މޮޅު ކުޅުންތެރިޔަކަށް ހޮވޭ ފަރާތަކަށް ހަވީރުގެ ސްޕޯޓްސް އެވޯޑުގެ އިތުރުން 30،000ރ ދޭން ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355