twitterviber whatsapp telegramfacebookyoutube instagram
30th August 2026

ބައިބަލާ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

Jul 24, 2014

ފިތުރު އީދުގައި ކުޅުދުއްފުށީގައި ބާއްވާ ބައިބަލާ މުބާރާތުުގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.

ރޭ ކުޅުދުއްފުށީ “ބަގުޑި” ވީއައިޕީ ގައި ބޭއްވި ގުރުއަތުލުމުގައި މި މުބާރާތުގައިގައި ބައިވެރިވި 5 ޓީމު ވަނީ ބައިވެރިވެފައެވެ.

ފިތުރު އީދުގައި ބާއްވަން ހަމަޖެހިފައިވާ “ޕެރަ ބައިބަލާ ޗެލެންޖު” ގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ޖެމްރޮކާއި ނިއު އޭޖެވެ.

ފައިނަލް ދެ ޓީމު ހޮވަން ހަމަޖެހިފައިވަނީ ހުރިހާ ޓީމުތަކެއް ބައްދަލުކޮށް އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ، ޖެމްރޮކް، ނިއު އޭޖް، ކަންމަތި، މަންގަނޑު އަދި ދަލުބޭރު އެވެ.

މި މުބާރާތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ނަސްރުﷲ އިސްމާއިލް ރޭ ވިދާޅުވީ މުސްތަގުބަލުގައި މިއަށް ވުރެ ބޮޑެތި ސްޕޮންސަރުން ލިބޭނެ ކަމަށާއި އަދި ހުރިހާ ޒުވާނުން ކުޅިވަރުގެ ރޫހާ އެއްގޮތަށް މުބާރާތް ކުރިޔަށް ގެންދިއުމަށް އޭނާ އެދިލެއްވި އެވެ.

މި މުބަރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5000ރ. އެވެ. އަދި ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 3000ރ. ފައިސާ އިނާމެކެވެ.

 [yass cats=95]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355