twitterviber whatsapp telegramfacebookyoutube instagram
30th August 2026

އިނގިރޭސި ކޮމިއުނިޓީ ޝީލްޑް އާސެނަލްއިން ކާމިޔާބުކޮށްފި

Aug 11, 2014

އިނގިރޭސި ކޮމިއުނިޓީ ޝީލްޑް އާސެނަލްއިން ކާމިޔާބުކޮށްފި އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ފާއިތުވެދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭކަޕް ޗެމްޕިއަނުންނާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗުގައި މި އަހަރު ބައްދަލު ކުރީ އާސެނަލް އަދި މެންޗެސްޓަރ ސިޓީ އެވެ.

ޓްރޮފީއެއް ކާމިޔާބު ނުކުރެވި 9 އަހަރު ފާއިތުވުމަށްފަހު ވޭތުވެދިޔަ ސީޒަނުގައި އެފް.އޭ ކަޕް ކާމިޔާބުކުރި އާސެނަލްއިން ރޭގެ މެޗު ކާމިޔާބުކުރީ 3-0 އިންނެވެ. މި މެޗުގައި އާސެނަލް އަށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެ ޓީމަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރ ސެންޓި ކަޒޯލާ އެވެ.

އިނގިރޭސި ޤައުމީ ޓީމަށް ނިސްބަތްވާ އެންމެ 3 ކުޅުންތެރިންނާއެކު ފެށި މި މެޗުގެ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި އާރޮން ރަމްސީ ޖަހައިދިންއިރު ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ 60 ވަނަ މިނެޓްގައި އޮލިވިއާ ޖިރޫޑް އެވެ. މިއީ މި މެޗުގައި ފެނިގެންދިޔަ އެންމެ ރީތި ލަނޑެވެ.

އިނގިރޭސި ޕްރިމިއާ މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑް އަދި ސްވެންސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355