twitterviber whatsapp telegramfacebookyoutube instagram
24th March 2026

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް މިމަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖައްސައިފި

Sep 10, 2014

ސެޕްޓެމްބަރ 27 ގައި ފެށުމަށް ހަމަޖެހިފައިވާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތް ހދ ކުޅުދުއްފުށީގައި ބާއްވަން ހަމަޖައްސައިފި އެވެ.

ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން މިމުބާރާތް ރާވާ އިންތިޒާމުކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިއްޔެ މެންދުރު 2:00 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގަ އެވެ.

ހދ. އަތޮޅު ކައުންސިލްގެ ފަރާތުން މިއެމްއޯޔޫގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އާދަމް ނާސިރުއެވެ. އަދި ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ މިމުބާރާތަށް ކުޅުދުއްފުށީ ކައުންސިލުން ހަމަޖައްސާފައިވާ ކޯޑިނޭޓަރ އިބްރާހިމް އައްބާސްއެވެ. އޭގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޝަފީގް ވަނީ މިމުބާރަތުގެ ކޯޑިނޭޓަރެއްގެ ގޮތުގައި ހދ އަތޮޅުކައުންސިލުން ހަމަޖައްސަވާފައެވެ.

ރަސްމީކޮށް މި މުބާރަތް ހދ އަތޮޅުގައި ފެށިގެންދާއިރު މި އަހަރު ހދ އަތޮޅުން ބައިވެރިވެފައިވަނީ ނޮޅިވަރަމް ކުލަބު ތިލަދުންމަތި، ނޮޅިވަރަމް ކުލަބު ހުވާސް، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، ކުރިނބީ ކުރިމަގު ޖަމިއްޔާ، ނޭކުރެންދޫ އެސޯސިއޭޝަން ފޯރ ނޭކުރެންދޫ ޑެވެލޮޕްމެންޓް (އެންޑް)، ވައިކަރަދޫ އިލްހާރު ޖަމިއްޔާ، ހަނިމާދޫ ސާއްބަ އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355