twitterviber whatsapp telegramfacebookyoutube instagram
9th September 2026

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

Sep 22, 2014

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

މި މަހުގެ 27 ވަނަ ދުވަހު ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ދިޔައީ މިއަދު 11 ޖަހާއިރު ހދ އަތޮޅު ކައުންސިލްގެ އިދާރާގަ އެވެ.

ޖުމްލަ 6 ޓީމް ދެ ގުރޫޕަކަށް ބަހާލިއިރު ގުރޫޕް އޭގައި ހިމެނެނީ ނޮޅިވަރަމް ކުލަބު ތިލަދުންމަތި، ނޮޅިވަރަމް ކުލަބު ހުވާސް އަދި ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާ އެވެ. ގުރޫޕް ބީ ގައި ހިމެނެނީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބު، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ކުރިނބީ ކުރިމަގު ޖަމުއިއްޔާ އެވެ.

މުބާރާތް ހުޅުވާ މެޗުގައި ނޮޅިވަރަމްގެ ދެ ޓީމު ބައްދަލު ކުރާއިރު ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ކުޅުދުއްފުށީ ޒިގްޒެގް ގެ ފުރަތަމަ މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ސާއްބަ އެކުވެރި ކުލަބާ ބައްދަލުކުރާއިރު ދެވަނަ މެޗުގައި އަންނަ މަހުގެ 2 ވަނަ ދުވަހު ކުޅޭނީ ކުރިމަގު ޖަމުއިއްޔާއާ ދެކޮޅަށެވެ.

މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އޮކްޓޫބަރު މަހު 8 ވާ ބުދަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293