twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކުޅުދުއްފުށީ ދަނޑުގައި ކުޅުދުއްފުށީ ޒިގްޒެގް ބަލިކޮށް ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފި

Oct 6, 2014

ކުޅުދުއްފުށި ޒިގްޒެގް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހދ އަތޮޅު ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ހދ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި މިއަދު ކުޅުދުއްފުށި ޒިގްޒެގާއި ހަނިމާދޫ ބައްދަލުކުރި ފޯރިގަދަ މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ލަނޑުގެ ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަށައިގެން ދެޓީމަށް ވެސް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ކުޅުދުއްފުށި ޓީމުން އެޓޭކިން ގޭމަކަށް ނުކުތް ކަމުގައި ވިޔަސް ހަނިމާދޫ ޓީމުގެ މެދުތެރެއިން ވަނީ ކުޅުދުއްފުށިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ހުއްޓުވާފަ އެވެ.

މެޗުގައި ހަނިމާދޫއިން ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓްގައި ޖޯޒީ ނަންބަރު 5 އަހުމަދު ހަލީލް އެވެ. ފުރަތަމަ ހާފް ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ހަނިމާދޫ ކުރީގަ އޮވެ އެވެ.

ދެވަނަ ހާފުގައި ކުޅުދުއްފުށީ ޓީމުގެ ކުޅުން ރަގަޅުކޮށް ފުރަތަމަ މިނެޓުން ފެށިގެން ހަނިމާދޫގެ ޑިފެންސަށް ވަނީ ނުރައްކާ ކުރަން ފަށާފަ އެވެ. މިގޮތުން ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި ކުޅުދުއްފުށީގެ ޖޯޒީ ނަންބަރު 12 އަލީ ރިޒާ ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. އަދި އިތުރު ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް ހަނިމާދޫ އިން ކައުންޓަރ އެޓޭކުގައި އުފައްދަން މަސައްކަތް ކުރި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކުޅުދުއްފުށީ ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި އަނެއްކާ ވެސް ލީޑު ހޯދި އެވެ. ޕެނަލްޓީ ކާމިޔާބު ކުރީ އެޓީމުގެ އިބްރާހިމް ހަލީލެވެ.

މިލަނޑަށް ފަހުވެސް ކުޅުދުއްފުށިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން 3 ކުޅުންތެރިންގެ ކައިރިން ނެއްޓުމަށްފަހު ޒައިދު ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވެއެވެ. އެހަމަލާ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ކުޑައިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލްދަނޑި މަތިން ބޭރަށެވެ.

ނަމަވެސް އެހަމަލާއަށްފަހު ހަނިމާދޫއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ލަނޑުޖަހައި ކުޅުދުއްފުށީ ޓީމް އެޓީމުގެ ގިނަ ސަޕޯޓަރުން ތަކެއް ކުރިމަތީގައި ލަދުގަންނަވާލި އެވެ. މިލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވޮނު ނޫރު ﷲ ތޯހާ އެވެ.

މެޗުގެ ފަހު ހާފުގައި ޓީމު ބަލިވަމުން ދަނިކޮށް ކުޅުދުއްފުށީގެ އަސްޖައު މޫސާ ކައިރި ކައިރީގައި ކުރި ދެފައުލަކާ ގުޅިގެން ދެ ރީނދޫ ކާޑާއެކު ދަނޑުން ވަނީ ފޮނުވާލާފައެވެ. އޭގެ ފަހުން ކުޅުދުއްފުށިން ކުޅެފައިވަނީ 10 ކުޅުންތެރިންނާ އެކު އެވެ.

ބުދަ ދުވަހު ހަވީރު ކުޅެވޭ މިމުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

[yass cats=124]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355