twitterviber whatsapp telegramfacebookyoutube instagram
9th May 2024

އަތޮޅު މުބާރާތުގެ ތަށި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އުފުލާލައިފި

Oct 8, 2014

ހދ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕެނަލްޓީ ޖަހައިގެން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހޯދައިފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޒުވާނުންގެ ޖަމިއްޔާ އާއި ދެކޮޅަށް ނިކުތީ ހަނިމާދޫ ސާއްބާ އެކުވެރި ކުލަބެވެ. 90 މިނިޓްގައި ކުޅެ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ޕެނަލްޓީ ޖަހައިގެން މެޗު 5-6 ކުން ގެންދިޔައީ ޒުވާނުންގެ ޖަމިއްޔާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވަޑަކަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި 21 އަހަރުން ދަށު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޖޯޒީ ނަންބަރު 11 ނޫރު ﷲ ތޯހާ އަށެވެ. މުޅި މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ސާއްބަ އެކުވެރި ކުލަބުގެ ސުހުރާބް އަބުދުއްލަތީފަށެވެ.

އަތޮޅު މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މުބާރާތުގައި ގިނަ ސޭވްތަކެއް ކުރި އަދި ފައިނަލް މެޗުގައިއެއް ޕެނަލްޓީ ދިފާއު ކުރި ހަނިމާދޫ ޒުވާނުން ޖަމިއްޔާގެ ކީޕަރ އާދަމް އިބުރާހިމެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޒިގްޒެގުގެ އަލީ ރިޒާ އެވެ.

މުޅި މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ މުބާރާތުގައި ތިން ގޯލުޖެހި ކުޅުދުއްފުށީ ޒިގުޒެގްގެ ޒައިދު މުހައްމަދެވެ. އޭނާ ވަނީ މުބާރާތުގައި ޒިގްޒެގްގެ އިތުރު 3 ގޯލެއް ޖެހުމަށް އެސިސްޓްވެސް ކޮށްދީފައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ލިބިފައިވާއިރު ރަނަރަޕް ޓީމަށް ލިބިފައިވަނީ 18700 ރުފިޔާ އެވެ. މުބާރާތު ފެއާރ ޕްލޭ ޓިމަށް ހޮވިފައިވަނީ ކުރިނބީ ކުރިމަގު ޖަމިއްޔާ އެވެ.

[yass cats=125]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355