twitterviber whatsapp telegramfacebookyoutube instagram
8th May 2024

ބޮޑުސައިގެ ހުނަރާއެކު ކިންގްސްޓަން އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

Oct 28, 2014

ކުއަންޓަމް ވެޓެރަންސް ކަޕް 2014 ގައި ކިންގްސްޓަން ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ރޭ ހެވިޓް އާ ދެކޮޅަށް ކުޅުނު މެޗު ކިންގްސްޓަންއިން ކާމިޔާބުކުރީ 6-2 އިންނެވެ. ކުރިން ކިންގްސްޓަން ކުޅުނު މެޗުގެވެސް މޭން އޮފް ދަ މެޗު ހޯދި އަލީ ޒިޔާދު(ބޮޑުސައި) ރޭގެ މެޗުގައިވެސް މޭން އޮފް ދަ މެޗު ހޯދިއިރު އޭނާ ވަނީ އެ ޓީމަށް ތިން ލަނޑު ޖަހައިދީ ދެ ލަނޑު ޖެހުމަށް މަގުފަހިކޮށްދީފަ އެވެ.

ކިންގްސްޓަންގެ އަނެއް ތިން ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މައުރޫފް އާދަމް (މާއްޓޭ)، އަބްދުލް މަޖީދު ހަސަން (ކޮމްރެޑްވިލާ) އަދި ޖަލީލް އަލީ (ޖައްލެ) އެވެ.

ހެވިޓްއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދީފައިވަނީ މުހައްމަދު ސަމަދު (ސަމަދޭ) އަދި މުހައްމަދު އިބްރާހިމް (ރިދަމް މޯޑް) އެވެ.

ފޯރިގަދަ ކުޅުމެެއް ފެނިގެންދިޔަ ރޭގެ އަނެއް މެޗުގައި އެންވީޑިއާއިން ވަނީ 5-4 އިން ކެސްޕާސްކީ ބަލިކޮށްފަ އެވެ. ކެސްޕާސްކީއިން ފުރަތަމަ ހާފުގައި 2 ލަނޑު ގެ ލީޑެއް ނަގާފައިވަނިކޮށް އެންވީޑިއާއިންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން 3 ލަނޑު ޖަހާ ކުރި ހޯދާފަ އެވެ.

ފަހު ހާފު ދެ ޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ކެސްޕާސްކީއިން ވަނީ ދެ ފަހަރަށް އެއްވަރުކޮށްފަ އެވެ. ނަމަވެސް ފަހު ވަގުތު އެންވީޑިއާއިން ވަނީ ލަނޑެއް ޖަހާ މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ކެސްޕާސްކީގެ ކީޕަރު އިމާދު ވަނީ އެންވީޑިއާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

އެންވީޑިއާގެ 5 ލަނޑުގެ ތެރެއިން ދެ ލަނޑު މުސްތަފާ އަލީ (މުސްތޮ) ޖަހައިދިންއިރު އަނެއް ތިން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަބޫބަކުރު މޫސާ (ދޮނޭ) އާއި، މުހައްމަދު އަބްދުލް ކަރީމް (ކަޅޭ) އަދި އަހްމަދު މުހައްމަދު (ފޮޓޯބެ) އެވެ.

މި މެޗުގައި ކެސްޕާސްކީގެ އާދަމް އަލީ (މާޔާ) ދެ ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖަހައިދިނީ އަބްދުﷲ އަލީ (ކައްކާ) އަދި ޒަކަރިއްޔާ އަލީ އެވެ.

މި ގުރޫޕްގެ ކޮންމެ ޓީމެއްވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު 6 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ކިންގްސްޓަން އެވެ. ހެވިޓް އަދި އެންވީޑިއާ 3 ޕޮއިންޓާއެކު އޮތްއިރު ކެސްޕާސްކީ އަދި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

މިރޭ މި މުބާރާތުގެ ގުރޫޕް އޭ ގައި ކުޅޭ މެޗުތަކުގައި ކުޅޭނީ އިންޓެލް އާއި ޑަބްލިއުޑި އަދި އޭއެމްޑީ އާއި އޭޓީއައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355