twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޔުނައިޓެޑް، އާސެނަލް އަދި ލިވަޕޫލް މޮޅުވިއިރު ޗެލްސީ އެއްވަރުވެއްޖެ

Nov 30, 2014

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް، އާސެނަލް އަދި ލިވަޕޫލް މޮޅުވިއިރު ޗެލްސީ އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ބާންލީއާ ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސް ސްމޯލިންގ އެވެ. އަދި ފުރަތަމަ ހާފު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ވޭން ރޫނީ ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޔުނައިޓެޑްގެ ފަހު ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ޖަހައިދިނީ ވޭން ޕާސީ އެވެ.

ގްލެން ޖޯންސަން މެޗު ނިމެނިކޮށް ޖަހައިދިން ހަމައެކަނި ލަނޑުން ލިވަޕޫލް ވަނީ ސްޓޯކް ސިޓީ 1-0 އިން ބަލިކޮށް ހަތަރު މެޗަށް ފަހު ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. އަދި ސެންޓި ކަޒޯލާގެ ހުރަހަކުން ޑެނީ ވެލްބެކް ކާމިޔާބުކުރި ހަމައެކަނި ލަނޑުން އާސެނަލް އިން ވަނީ 1-0 އިން ވެސްޓް ބުރޮމް ބަލިކޮށްފަ އެވެ.

ޗެލްސީއަށް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު މެޗު ނިމިގެން ދިޔައީ 0-0 އިން ސަންޑަލޭންޑާ އެއްވަރުވެގެންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓް ހޭމް އިން ވަނީ 1-0 އިން ނިއު ކާސަލް ބަލިކޮށްފަ އެވެ. އަދި ފަހަތުން އަރާ 3-2 އިން ލެސިސްޓަރ ބަލިކޮށް ކިއުޕީއާރު ވަނީ ޓޭބަލުގެ ފުލުން މައްޗަށް ޖެހިލާފަ އެވެ.

ސްވެންސީ އަދި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު އެސްޓަން ވިލާ އަދި ބާންލީ ކުޅުނު މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިރޭ ލީގުގައި ކުޅޭ މެޗުތަކަށް ބަލާއިރު 18:30 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓޭބަލުގެ 2 ވަނަ އަދި 3 ވަނައިގައި އޮތް ސައުތަމްޕްޓަން އަދި މެންޗެސްޓަރ ސިޓީ އެވެ. އަދި 2100 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓޮޓެންހަމް އަދި އެވަޓަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355