twitterviber whatsapp telegramfacebookyoutube instagram
17th May 2024

ދެވަނަ ބުރުގެ ފަހު ޖާގަތައް ސިޓީ އަދި ޝާލްކޭއަށް

Dec 11, 2014

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ޖާގަތައް މެންޗެސްޓަރ ސިޓީ އަދި ޝާލްކޭ އިން ހޯދައިފި އެވެ.

އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެއް ގުރޫޕް ކަމުގައިވާ ގުރޫޕް އީ އިން ސިޓީ ދެވަނަ ބުރަށް ދަތުރުކުރީ ރޯމާ 2-0 އިން ބަލިކޮށްގެންނެވެ. ސިޓީ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ނަސްރީ އަދި ޒަބަލީޓާ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ބަޔާންއިން ވަނީ 3-0 އިން ސީއެސްކޭއޭ ބަލިކޮށްފަ އެވެ.

މި ގުރޫޕްގެ އެއްވަނަ ސިޓީއިން 15 ޕޮއިންޓާއެކު ހޯދިއިރު ދެވަނަ ސިޓީއިން ހޯދީ 8 ޕޮއިންޓާއެކު އެވެ. 3 ވަނަ އަދި 4 ވަނަ އަށް ދިޔަ ރޯމާ އަދި ސީއެސްކޭއޭ އަށް ލިބުނީ 5 ޕޮއިންޓެވެ.

ގުރޫޕް އެފް ގެ މެޗުތަކަށް ބަލާއިރު ބާސެލޯނާއިން ވަނީ 3-1 އިން ޕީއެސްޖީ ބަލިކޮށް މި ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފަ އެވެ. މި މެޗުގެ ކުރީކޮޅު އިބްރާހިމޮވިޗް ލަނޑެއްޖަހައި ލީޑު ހޯދައިދީފައިވާއިރު ބާސެލޯނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ މެސީ، ނޭމާ އަދި ސުއަރޭޒް އެވެ. މި ގުރޫޕްގެ އަނެއް މެޗު އަޔެކްސް އިން ކާމިޔާބުކުރީ 4-0 އިން އެޕޯއެލް ނިކޯސިއާ ބަލިކޮށްގެންނެވެ.

މި ގުރޫޕްގެ އެއްވަނަ ބާސާއިން 15 ޕޮއިންޓާއެކު ހޯދިއިރު ދެވަނަ ޕީއެސްޖީއިން ހޯދީ 13 ޕޮއިންޓާއެކު އެވެ. ތިންވަނަ ހޯދި އަޔެކްސް 5 ޕޮއިންޓް ހޯދިއިރު އެޕޮއެލް އޮތީ 1 ޕޮއިންޓާއެކު އެވެ.

ގުރޫޕް ޖީ އަށް ބަލާއިރު ސްޕޯޓިންއިން ދެވަނަ ބުރަށް ދިއުމަށް ކުރަމުންދިޔަ އުއްމީދުތައް ފެނަށްވީ ޗެލްސީ އަތުން 3-1 އިން ބަލިވުމާ ގުޅިގެންނެވެ. ފެބްރިގާސް، ޝާލް އަދި މިކެލް ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރިއިރު ސްޕޯޓިން އަށް ލަނޑު ޖަހައިދިނީ ކުރިސްޓިއަން ސިލްވާ އެވެ. ސްޕޯޓިން ބަލިވުމުގެ ފުރިހަމަ ފައިދާ ޝާލްކޭއިން ނަގައި އެ ޓީމުން ވަނީ މަރިބޯ 1-0 އިން ބަލިކޮށް ދެވަނަ ބުރު ޔަޤީން ކޮށްފަ އެވެ.

މި ގުރޫޕްގެ އެއްވަނަ ޗެލްސީއިން ހޯދީ 14 ޕޮއިންޓާއެކު އެވެ. ޝާލްކޭ އަށް 8 ޕޮއިންޓް ލިބުނުއިރު ސްޕޯޓިންއަށް ލިބުނީ 7 ޕޮއިންޓެވެ. ފުލަށްދިޔަ މަރިބޯއަށް ލިބުނީ 3 ޕޮއިންޓެވެ.

ގުރޫޕް އެޗްގެ މެޗްތަކަށް ބަލާއިރު ޕޯޓޯއާއި ޝަކްތަރު ކުޅުނު މެޗު ނިމުނީ 1-1 އިން އެެއްވަރުވެގެންނެވެ. އެތުލެޓިކް ބިލްބާއޯ ވަނީ 2-0 އިން ބާޓޭ ބޮރިސޯވް ބަލިކޮށްފަ އެވެ. މި ގުރޫޕްގެ އެއްވަނަ ޕޯޓޯއިން 14 ޕޮއިންޓާއެކު ހޯދިއިރު ޝަކްތަރު އަށް ލިބުނީ 9 ޕޮއިންޓެވެ. އެތުލެޓިކް ބިލްބާއޯއަށް 7 ޕޮއިންޓް ލިބުނުއިރު ބާޓޭ އަށް ލިބުނީ އެންމެ 3 ޕޮއިންޓެވެ.

ދެވަނަ ބުރުގެ ގުރުއަތުލުން މި މަހުގެ 15 ވަނަ ދުވަހު ކުރިޔަށް ދާއިރު ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ ކުޅުން އޮންނާނީ 17-18 ޕެބްރުއަރީ އަދި 24-25 ފެބްރުއަރީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355