twitterviber whatsapp telegramfacebookyoutube instagram
6th May 2024

ޗެލްސީ އަދި ސިޓީ މޮޅުވެއްޖެ

Dec 14, 2014

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުން ޗެލްސީ އާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއިން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-0 އިން ހަލް ސިޓީ ބަލިކޮށްގެންނެވެ. މި މެޗުގެ ހަތްވަނަ މިނެޓްގައި އޮސްކާގެ ހުރަހަކުން ހަޒާޑް ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު ދެވަނަ ލަނޑު ޖެހުމަށް ޑިއޭގޯ ކޯސްޓާއަށް މަގުފަހިކޮށްދިނީވެސް ހަޒާޑެވެ. މި މެޗުގެ 61 ވަނަ މިނެޓްގައި ހަލް ސިޓީގެ ޓޮމް ހަޑްލްސްޓޯންއަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ.

ފްރޭންކް ލަމްޕާޑްގެ ހަމައެކަނި ގޯލުން މެންޗެސްޓަރ ސިޓީއިން ވަނީ ތާވަލުގެ ފުލުގައި އޮތް ލެސިސްޓަރ ސިޓީ 1-0 އިން ބަލިކޮށް ތާވަލުގެ ކުރީގައި އޮތް ޗެލްސީއާ ދެމެދު އޮތް ތިން ޕޮއިންޓްގެ ފަރަޤު ދަމަހައްޓާފަ އެވެ.

އާސެނަލްއިން ވަނީ 4-1 އިން ނިއު ކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ސެންޓި ކަޒޯލާ އަދި އޮލިވިއާ ޖިރޫޑް ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިދިންއިރު ނިއު ކާސަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޔޯޒީ ޕެރޭޒް އެވެ.

ސަންޑަލޭންޑުން ވަނީ ފޯމުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓާފަ އެވެ. 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޯޑީ ގޮމޭޒް ސަންޑަލޭންޑަށް ލީޑު ނަގައިދިން ނަމަވެސް 29 ވަނަ މިނެޓްގައި ވެސްޓްހޭމް އިން ވަނީ ސްޓެވާޓް ޑައުނިން ޖަހައިދިން ލަނޑަކުން އެއްވަރުކޮށްފަ އެވެ.

ވިދިވިދިގެން 4 ވަނަ މެޗަކުން މޮޅުވާން ނުކުތް ކްރިސްޓަލް ޕެލަސްގެ މެޗު ވެސް ނިމުނީ 1-1 އިން ސްޓޯކް ސިޓީއާ އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު ދެ ޓީމުން ވެސް ލަނޑު ޖެހިއިރު 11 ވަނަ މިނެޓްގައި ކްރިސްޓަލް ޕެލަސްގެ ލަނޑު ޖަހައިދިނީ މެކްއާރތަރ އެވެ. ނަމަވެސް 13 ވަނަ މިނެޓްގައި ޕީޓަރ ކުރަޗް ވަނީ ސްޓޯކް އަށް އެއްވަރުކޮށްދީފަ އެވެ.

އެސްލީ ބާންސް ގެ ހަމައެކަނި ލަނޑުން ބާންލީއިން ވަނީ ސައުތެމްޕްޓަން 1-0 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ސައުތެމްޕްޓަން އަށް ލިބުނު ޕެނަލްޓީއެއް ބާންލީގެ ކީޕަރ ޓޮމް ހީޓަން ވަނީ ދިފާޢުކޮށްފަ އެވެ.

ފަސް މެޗަށް ފަހު މޮޅުވި ވެސްޓް ބްރޮމް އިން ވަނީ ބަލިނުވެ ފަސް މެޗު ހަމަކުރި އެސްޓަން ވިލާ 1-0 އިން ބަލިކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު ވެސްޓް ބްރޮމް އަށް ކާމިޔާބުކޮށްދިނީ ކްރެއިގް ގާޑްނަރ އެވެ.

މިރޭ 1830 ގައި މެންޗެސްޓަރ ޔުނައިޓެޑް ލިވަޕޫލްއާ ދެކޮޅަށް ނުކުންނައިރު 2100 ގައި ސްވެންސީ ކުޅޭނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355