twitterviber whatsapp telegramfacebookyoutube instagram
25th May 2026

ޔުނައިޓެޑުން ލިވަޕޫލް ތަފާތު ބޮޑުކޮށް ބަލިކޮށްފި

Dec 15, 2014

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ތަފާތު ބޮޑުކޮށް ލިވަޕޫލް ބަލިކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ލވަޕޫލްއިން 3-0 އިން ޔުނައިޓެޑް ބަލިކޮށްފައިވާއިރު ރޭގެ މެޗުގައި ޔުނައިޓެޑުން ލިވަޕޫލް ބަލިކުރީ 3-0 އިންނެވެ. ރޭގެ މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ 12 ވަނަ މިނެޓްގައި ވެލެންސިޔާގެ ހުރަހަކުން ވޭން ރޫނީ އެވެ.

ޔުނައިޓެޑުން ލީޑު ފުޅާކުރީ 40 ވަނަ މިނެޓްގައި ހުއާން މާޓާ އެވެ. ޔުނައިޓެޑްގެ ތިން ވަނަ ލަނޑަކީ މާޓާގެ އެސިސްޓަކުން ވޭން ޕާސީ ކާމިޔާބުކުރި ލަނޑެކެވެ. ޔުނައިޓެޑުން ލީގުގައި ވިދިވިދިގެން 6 ވަނަ މެޗުން މޮޅުވިއިރު ރޭގެ މެޗު ކާމިޔާބުކުރުމުގައި ޔުނައިޓެޑްގެ ގޯލް ކީޕަރ ޑޭވިޑް ޑެ ހެއާ ވަނީ ލިވަޕޫލްގެ ވަރަށް ގިނަ ހަމަލާތަކެއް ދިފާޢުކޮށްފަ އެވެ.

ކުރިސްޓިއަން އެރިކްސަންގެ ހުނަރުވެރިކަމާއެކު ޓޮޓެންހަމްއިން ރޭ ވަނީ 2-1 އިން ސްވެންސީ ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ކުރީކޮޅު އެރިކްސަންގެ ކޯނަރަކުން ބޮލުން ޖަހާ ހެރީ ކޭން ވަނީ ސްޕާސް އަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް ބޯނީ ވަނީ ދެވަނަ ހާފް ފެށުމާއެކު މި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް 89 ވަނަ މިނެޓްގައި އެރިކްސަން ޖަހައިދިން ލަނޑުން ސްޕާސް  ވަނީ މެޗު ކާމިޔާބުކޮށް ތާވަލުގެ 7 ވަނަ އަށް ޖެހިލާފަ އެވެ.

މިރޭ ދަންވަރު 0100 ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ބައްދަލުކުރާނީ ކިއުޕީއާރު އަދި އެވަޓަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355