twitterviber whatsapp telegramfacebookyoutube instagram
6th May 2024

ނޭކުރަންދޫ އެންޑް ފުޓްސަލް މުބާރާތުގެ ތަށި މާޒިންސް އުފުލާލައިފި

Dec 15, 2014

ނޭކުރަންދޫ އެންޑް ފުޓްސަލް މުބާރާތުގެ ތަށި މާޒިންސް އެފްސީ ހޯދައިފި އެވެ.

މިއަދު ހަވީރު ނޭކުރަންދޫ ބޯޅަދަނޑުގައި ކުރިއަށް ދިޔަ މިމުބާރާތުގެ ފައިނަލް މެޗުގައި މާޒިންސް ޗެމްޕިއަންކަން ހޯދީ ކްލަބު ސެނޯންއާ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ވަނީ މޮޅު ރީތި ކުޅުމެއްދައްކާފަ އެވެ. ފުރަތަމަ ހާފްގައި މާޒިންސްގެ ކުޅުންތެރިން އުފެއްދި ގިނަ ހަމަލާތަކެއް ސެނޯންގެ ހުނަރުވެރި ޑިފެންޑަރ ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަށްކަށް ލަނޑެއްނުޖެހި އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ދެވަނަ ހާފްގައި މާޒިންސްގެ ކުޅުންތެރިން އާހިތްވަރެއްލާ ނިކުމެ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަތީޖާއެއް ގޮތުން ސެނޯންގެ ގޯލް ފޫއަޅުވާލުމަށް ފަހު މާޒިންސް ކުރި ހޯދި އެވެ. އަދި ފުރަތަމަ ލަނޑުޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް އިތުރު 2 ލަނޑު ޖަހާ މާޒިންސް ހިތްހަމަޖެހިލި އެވެ. މާޒިންސްއަށް ތިން ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖ.10 އަހުމަދު އިމާޒު އެވެ.

ފޯރިގަދަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މާޒިންސް އަށް 3 ގޯލް ޖަހާދިން އިމާޒަށެވެ. ފުރަތަމަ ހާފްގައި ސެނޯންގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހު ހާފްގައި ސެނޯންގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ލޮޑުކަމާއި ވަރުބަލިކަމެވެ.

މިމުބާރާތުގެ ހާއްސަ ވަނަތަކަށް ދިޔަ ފަރާތަކަށް އިނާމް ހަވާލުކޮށްދެއްވީ އަޕާނޯތު ޑިވިޝަން ކޮމާންޑަރ އިންސްފެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލެވެ.

މުބާރާތުގެ ރަނަރަޕް ޓީމް

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަން ހޮވިފައިވަނީ މާޒިންސްގެ ޖ.1 އަހުމަދު ޝަރުވާނާއި އެޓީމުގެ ޖ.6 ހުސެއިން ޝަރީފާއި ކުލަބް ސިވިކްގެ ޖ.10 އަލީ އިފާޒާއި އެޓީމުގެ 88 ވިކްޓަރ އަދި ކުލަބް ސެނޯންގެ ޖ.8 އާދަމް ނަޝްވާނެވެ.

މުބާރާތުގެ 11 ލަނޑުޖަހާދީގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ސެނޯންގެ ޖ.8 އާދަމް ނަޝްވާނެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަކަށް އެންޑް ޖަމްއިއްޔާއިން ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފަ އެވެ. މިމުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ މިމުބާރާތް ބާއްވާތާ 6 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355