twitterviber whatsapp telegramfacebookyoutube instagram
1st April 2026

ފީފާ ކުލަބު ވޯލްޑްކަޕްގެ ޗެމްޕިއަންކަން ރިއަލް މެޑްރިޑުން ހޯދައިފި

Dec 21, 2014

ސައުތު އެމެރިކާގެ ޗެމްޕިއަނުން ކަމުގައިވާ ސޭން ލޮރެންޒޯ 2-0 އިން ބަލިކޮށް ފީފާ ކުލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރިއަލް މެޑްރިޑުން ހޯދައިފި އެވެ.

މިއީ މި އަހަރު ރިއަލް އިން ކާމިޔާބުކުރި ހަތަރު ވަނަ ތައްޓެވެ. ރޭގެ މެޗުގައި ވަރަށް ޑިފެންސިވްކޮށް ކުޅެމުން ދިޔަ ސޭން ލޮރެންޒޯގެ ގޯލު ފޫ އަޅުވާލީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރިއަލްއަށް ފަހު ވަގުތު އެއްވަރުވި ލަނޑު ޖަހައިދިން ސާޖިއޯ ރާމޯސް އެވެ. މިއީ ޓޮނީ ކުރޫސްގެ ނެގި ކޯނަރެއް ބޮލުން ޖަހައި ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ރޭގެ މެޗުގެ ދެވަނަ ލަނޑަކީ ސޭން ލޮރެންޒޯގެ ކީޕަރަށް ހެދުނު ގޯހަކުން ބޭލް ކާމިޔާބުކުރި ލަނޑެކެވެ. ބޭލް ވަނީ މި އަހަރު ރިއަލް އިން ކުޅުނު ހަތަރު ފައިނަލްގެ ތެރެއިން ތިން ފައިނަލުގައި ލަނޑު ކާމިޔާބުކޮށްފަ އެވެ.

މިއީ ފީފާ ކުލަބު ވޯލްޑް ކަޕްގެ ނަމަށް ބަދަލުވި ފަހުން ރިއަލް އަށް މި މުބާރާތް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންޓަ ކޮންޓިނެންޓަލް ކަޕްގެ ނަމުގައި މި މުބާރާތް ބޭއްވިއިރު ރިއަލްއިން ވަނީ މި މުބާރާތް ތިން ފަހަރަށް ހޯދާފަ އެވެ.

ރިއަލްއިން ވަނީ އެ ޓީމުން އެންމެ ފަހުން ކުޅުނު 22 މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355