twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ސަންޑަލޭންޑް ފަހު ވަގުތު މޮޅުވިއިރު ލިވަޕޫލްއިން ފަހު ވަގުތު އާސެނަލްއާ އެއްވަރުކޮށްފި

Dec 22, 2014

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ސަންޑަލޭންޑް ފަހު ވަގުތު މޮޅުވިއިރު ލިވަޕޫލްއިން ފަހު ވަގުތު އެއްވަރުކޮށްފި އެވެ.

އާސެނަލް އާއި ލިވަޕޫލް ކުޅުނު މެޗު 2-2 އިން ނިމުނުއިރު އާދަމް ލައްލާނާގެ ހުރަހަކުން ލިވަޕޫލްގެ ޑިފެންޑަރު މާޓިން ސްކާޓެލް ލަނޑުޖެހީ އިތުރު ވަގުތުގެ 6 ވަނަ މިނެޓްގެ ތެރޭގަ އެވެ. މި މެޗުގެ ފަހު ކޮޅު ކުޅެން ލިވަޕޫލްގެ ފަބިއޯ ބޮރިނީ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގެ 44 ވަނަ މިނެޓްގައި ލިވަޕޫލްގެ ކޯޓީނިއޯ ލަނޑެއް ޖަހާ ލީޑު ހޯދި ނަމަވެސް އާސެނަލްގެ ޑިފެންޑަރ މެތިއު ޑެބޫޗީ ވަނީ އޭގެ 1 މިނެޓް ފަހުން އާސެނަލް އަށް އެއްވަރުކޮށްދީފަ އެވެ. އާސެނަލް އިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 64 ވަނަ މިނެޓްގައި ޖިރޫޑް ޖަހައިދިން ގޯލުންނެވެ.

މި މެޗަށް ފަހު އާސެނަލް އޮތީ 27 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގަ އެވެ. ލިވަޕޫލް 22 ޕޮއިންޓާއެކު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ސަންޑަލޭންޑުން ވަނީ ފަހު ވަގުތު ނިއު ކާސަލް 1-0 އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާދަމް ޖޯންސަން އެވެ.

މިރޭ ލީގުގައި ކުޅޭ މެޗުގައި މެންދަމު 0100 ގައި ކުޅޭނީ ސްޓޯކް ސިޓީ އާއި ޗެލްސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355