twitterviber whatsapp telegramfacebookyoutube instagram
25th October 2026

ޕްރެޒިޑެންޓްސް ކަޕް އަންހެން ވޮލީ މުބާރާތުގެ ސެމީ ފައިނަލުން ހއ. ގެ 4 ޓީމު ޖާގަ ހޯދައިފި

Dec 29, 2014

ވޮލީބޯޅަ އެސޯސިއޭޝަނުން ހއ. އަދި ހދ. ގެ އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ހދ. ހަނިމާދޫގައި ކުރިޔަށްގެންދާ ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ސެމީ ފައިނަލަށް ހއ. ގެ 4 ޓީމު ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމު ތަކަކީ އިހަވަންދޫ ކްލަބް ޕޯލްސްޓާރ، ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބް، މުރައިދޫ އަންހެނުންގެ ބަދަހި ގުޅުން އަދި ހޯރަފުށީ ބެލެނިވެރިންގެ ގުޅުމެވެ.

މުބާރާތުގެ ސެމީ ފައިނަލަށް އިހަވަންދޫ ޕޯލްސްޓާރ ދަތުރުކުރީ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި އެޓީމު ކުޅުނު 4 މެޗުންވެސް މޮޅުވެ 12 ޕޮއިންޓު ހޯދައިގެންނެވެ. 8 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ހޯދައިގެން ސެމީއަށް ދަތުރު ކޮށްފައިވަނީ ހޯރަފުށީ ބެލެނިވެރިންގެ ގުޅުމެވެ.

މިމުބާރާތުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެން ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައިވަނީ މުރައިދޫ އަންހެނުންގެ ގުޅުމުންނެވެ. މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި 9 ޕޮއިންޓާއެކު ސެމީގެ ފަހު ޖާގަ ހޯދީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިހަވަންދޫ ކްލަބް ޕޯލްސްޓާރ އާއި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ މެޗުގައި މުރައިދޫ އަންހެނުންގެ ބަދަހި ގުޅުން ނިކުންނާނީ ހޯރަފުށީ ބެލެނިވެރިންގެ ގުޅުމާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293