twitterviber whatsapp telegramfacebookyoutube instagram
9th September 2026

ކުއަންޓަމް ކޮރަލްސް ނިއު އިޔާ ކަޕް 2015 ފެށިއްޖެ

Jan 15, 2015

ކުއަންޓަމް ކޮރަލްސް ނިއު އިޔާ ކަޕް 2015 ފަށައިފި އެވެ .

ކުޅުދުއްފުށީ ކޮރަލްސް ބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޕުސްކަސް އަދި ބެލޮން ޑި އޯރ އެވެ. މި މެޗު 3-1 ގެ ނަތީޖާއަކުން ޕުސްކަސް ކާމިޔާބުކުރިއިރު މެޗުގެ ކުރީކޮޅު ޕުސްކަސް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓްގައި އަބްދުލް ހަންނާނު މުހައްމަދު (ހަނޭ) ޖެހިއިރު ދެވަނަ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ އަހްމަދު ނަޢީމް (ޔަނޭ) އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލޮން ޑި އޯރ ގެ ސިނާން އިބްރާހިމް (ސިއްނެ) ލަނޑެއް ޖަހައި ފަރަޤު ކުޑަކުރި ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުގައި އަހްމަދު އަލީ (ތުއްތު) ވަނީ އިތުރު ލަނޑެއް ޖަހައި ޕުސްކަސް އަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕުސްކަސް ގެ މާއިދު ހަސަން ރަޝީދު އެވެ. މެޗު ޝަރަފުވެރިކޮށްދެއްވާ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ކުއަންޓަމް ފިހާރައިގެ ވެރިފަރާތް އަހްމަދު ދީޕް ހަސަން އެވެ.

ކޮރަލްސް އަށް ނިސްބަތްވާ ޖުމަލް 80 ކުޅުންތެރިން 4 ޓީމަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިފްޕްރޯ އަދި ޖޫލްސް ރިމެޓް އެވެ. މެޗު ފެށޭނީ 16:15 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293